ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 42،000 އިން މައްޗަށް

ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 42،000 އިން މައްޗަށް އަރާފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ޖުމްލަ ފަތުރުވެރިން އަދަދަކީ 1،529،806 މިލިއަނެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 1 އިން 9 އަށް 42،880 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދައާ އަޅާކިޔާއިރު، އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 35،668 ފަތުރުވެރިންނެވެ.

މިދިޔަ އަހަަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާއިން 242،140 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ލިސްޓްގެ ދެވަނައިގައި އޮތް ރަޝިޔާއިން ޒިޔާރާތްކޮށްފައި ވަނީ 183،669 ފަތުރުވެރިންނެވެ. ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން، 4 ވަނައިގައި އޮތް އިޓަލީއިން 137،267 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މި ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 108،351 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. . މިގޮތުން %73 ފަތުރުވެރިން ރިސޯޓްތަކަށް ދާއިރު، ދެވަނައަށް އެންމެ ފަތުރުވެރިން ދަނީ ގެސްޓްހައުސްތަކަށެވެ. އެއީ %21.9 ފަތުރުވެރިންނެވެ. %2.6 ފަތުރުވެރިން ދަނީ ހޮޓާތަކަށެވެ.

ރާއްޖޭގައި މިހާރު 174 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 906 ފަތުރުވެހިގެ އިތުރުން، 161 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: