ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމްގައި ބައިވެރިވުމަށް ބާކީ 3 ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ”ހުނަވަރު“ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާން ބާކީ އޮތީ 3 ދުވަސް ކަމަށް އެކުންފުނިން ބުނެފިއެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ހެޑް އޮފް ލާނިންގ އެންޑް ޑިވެލޮޕްމެންޓް، މިސްބާހް އަހުމަދު ވިދާޅުވީ އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމަކީ، އެޕްރެންޓިސިޝިޕް ޕްރޮގްރާމެއް ކަަމަށެވެ. ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލް ޒުވާނުން ބިނާކުރުން ކަމަށެވެ.

”މިގޮތުން އަޅުގަނޑުމެން މިއަހަރު ފަށައިގެން އުޅޭ ޕްރޮގްރާމެއް މިއީ. މިހާރު އެއްބެޗް ކޮމްޕްލީޓް ކޮށްފި. ކޮމްޕްލީޓްކޮށް ސަކްސެސްފުލްވި ކުދިން ތިބީ މިހާރު އެމްއޭސީއެލްގެ ދާއިމީ ވަޒީފާގަ. ދެވަނަ ބެޗަކަށް މިހާރު ވާނީ ހުޅުވާލާފަ. އެމްޕިލޭޝަންގެ ޑެޑް ލައިނަކަށް އިންނާނީ މިއަންނަ ހަފްތާގެ ހޯމަ ދުވަސް. އެއީ 15 ސެޕްޓެމްބަރުވާ ހޯމަ ދުވަސް“

ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށެވެ. އެމްއޭސީއެލް ބުނި ގޮތުގައި ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް, ކާގޯ ސާވިސަސް, ރޭމްޕް ސާވިސަސް, މެކޭނިކަލް ސާވިސަސް, ފިއުލް ސާވިސަސް, އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.

ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމުން ހޮވާލެވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެކަމަށް އެމްއޭސީއެލްގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ހަޔާއެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ”ދާލަން“ އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި ހަ މަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އޭގެ ތެރެއިން 17 ފަރާތަކަށް ވަނީ އެމްއޭސީއެލް އިން ވަޒީފާ ދީފައެވެ.

އެމްއޭސީއެލް އިން އެ ޕްރޮގްރާމުގައި ބައިވެރިވެ ވަޒީފާގެ މާހައުލުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ, ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު ވަނީ މި ޕްރޮގްރާމްގެ ތެރެއިން ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް: https://www.jotform.com/form/243632274141450#preview
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: