ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޖިނިއަރުން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަވީރުގައި އެމްއޭސީއެލްގެ ތަފާތު ސްޓޯލްތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންސްޓްރަކްޝަން މިނިސްޓްރީން އިންޖިނިއަރުން ދުވަސް ފާހަގަކުރުމަށް ބޭވި ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލްތަކުން ދާއިރާ އާއި ގުޅުންހުރި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅިގެން ސަންގަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ބުނެފައިވަނީ ސްޓޯލްތަކުން ދައްކުވައިދެނީ މިހާރު އެއަރޕޯޓުގައި ބޭނުންކުރާ އިންޖިނިއަރިން ސްލިއުޝަންތައް ކަމަށެވެ. އަދި އައުޓާމިނަލްގައި ބޭނުންކުރާ ބައެއް އޭސީ ސިސްޓަމް ތަކާއި އަދި ލިފްޓުތައްވެސް މަސައްކަތް ކުރާ ގޮތް ގެނެސްދީފައިވާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ، ބޭނުންވަނީ ކުޑަކުދިންގެ ހިތްތަކުގައި އިންޖިއަރިން ނާއިމެދު ޝައުގުވެރިކަން އުފައްދާ ކުރިމަގުގައި ޒުވާނުންތަކެއް، އަދި އިންޖިނިއަރުންތަކެއް ބިނާކުރުން ކަމަށެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ އޭވިއޭޝަންއަށްވެސް ގިނަ އިންޖީނިއަރުން ބޭނުންވާ ކަމަށާއި، މި ދާއިރާއަކީ ވަރަށް ބޮޑެތި ފުރުސަތުތަކެއް ވެސް ހުރި ދާއިރާއެއް ކަމަށެވެ. މިއީ ކުންފުނިން ކުރިމަގަށް ކުރާ އިންވެސްޓްމެންޓެއް ކަަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: