ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ބިލާ ރައްޔިތުންގެ ފާސްވިޔަސް ސޯޝަލް މީޑިއާ ބަންދެއް ނުވާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީގެ ގުރޫޕްގެ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން“ ބިލުގައިވާ ބައެއް ކަންކަން ސާފުކޮށްދެއްވާ ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް މިބިލު ފާސްވި ނަމަވެސް ރައްޔިތުން ކަންބުޑުވާން ނުޖެހޭ ކަމަށާއި ބިލުގައި ސާޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބަންދު ކުރެވޭނެ ފަދަ އެއްވެސް މާއްދާއެއް ނެތްކަމަށެވެ.
ޒުވާނުން އަދި ރައްހިތުންނަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެކަމަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ މުޅި މުސްތަޤުބަލު އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ ވެރިއެއްކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އަބަދުވެސް ކަންކަން އޮޅުވާލި ޕާޓީއެއްކަމަށެވެ. އެކަންކަން މާޒީވެފައިވީ ނަމަވެސް، މިފަދަ ހަނދާންތަށް އާކުރަން ޖެހޭ ވަގުތު އާ ކުރުމަކީ ވަރައް ބޭނުންތެރި މުހިއްމުކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީއިން ސިޔާސީ ހަރަކާތްތައް ބައްޓަން ކުރަމުން އަންނަނީ 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލު ކުރި ހީލަތްތެރި މަގުންކަމަށް ތުހުމަތުކޮށް ފަލާހު ވިދާޅުވީ އެމަގުން އެމްޑީޕީ މަސައްކަތް ކުރަނީ ރައީސް މުއިއްޒު މި ގައުމަށް ތަރައްގީ ގެނެސްދެއްވާ މަންޒަރު ފެންނާތީކަމަށެވެ.
މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށްގެންދަން ޕްލޭންކޮށްފައި އެވަނީ 2008 ގައި މިދެންނެވި ރައީސް މަޢުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން! ސަބަބަކީ އެމްޑީޕީއާއި ޔާމީނަށް އެބަފެނޭ ރައީސް މުޢިއްޒު މިޤަޢުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްޤީ އާއި ތަހްޒީބުގެނެސްދީ މިޤަޢުމުގެ ރައްޔިތުން ކުރިއައްއޮތް ދުވަސްތަކުގައި.
ފަލާހު ވިދާޅުވިއެވެ.
ރައްޔިތުން ދިރިއުޅެމުން ދަނީ އުފާ ފާޤަތިކަންމަތީކަމަށާއި، މިއީ އެމްޑީޕީއަށް ބަލަން ފަސޭހަކަމެއް ނޫންކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީއިން މުޒާހަރާ ކުރުމަށް ގޮވާލަމުން ދަނީ، މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާ ގުޅުންހުރި ފަރާތްތަކުން ބަލަން ފަށައިފިކަން އެނގުނު ހިސާބުންކަމަށެވެ.
ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ނުޖެހުމަށް ފަލާހު ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ.

