ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނަށް!

މި މައްސަލައިގައި ހައްޔަރު ދެ ބިދޭސީއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ (47އ) އާއި ސަކީބް މިއާ (25އ) އެވެ. މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުންނެވެ.

މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުން ހުއްޓުވައި ބަލައި ފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 317 ފުޅި ބަނގުރަލާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.

މި މައްސަލަ ފުލުުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: