ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެ، ރައްޔިތުންނަށް ބާރުތައް ދިން ސަރުކާރެއް: ޝައުނާ

އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެ، ރައްޔިތުންނަށް ބާރުތައް ދިން ސަރުކާރެއްކަމަށް ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިފަދައިން ވިދާޅުވީ އއ ބޮޑުފޮޅުދޫ ރައްޔިތުންނާއިއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ޝައުނާ ވިދާޅުވީ އެ ރަށުގައި އެމްޑީޕީގެ ފިކުރު ވަރަށް ރީއްޗަށް ތަންފީޒުވަމުން އަންނަ މަންޒަރު ފެންނަކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ކޮށްފައިވާކަން އެ ރަށުން ހާމަވާކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުންވެސް މިފަދަ މަންޒަރުތަކެއް ފެންނަކަމަށް ޝައުނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި ކަންބޮޑުވާން ޖެހޭ ކަންތަތަކެއް ހިންގަމުން އަންނަކަމަށް ފާހަގަކޮށް ޝައުނާ ވިދާޅުވީ، ޑީއާރުޕީއާއި ހިސާބުން ފެށިގެން އައި ވެރިކަން އަލު އިޔާދަވެ، އެމްޑީޕީއިން ކޮށްފައިވާ ހުރިހާ ރަނގަޅު ކަންތައްތަކެއް ފުރޮޅާލާފައިވާކަމަށެވެ.

އަނެއް އަތަށް ޖަހާ މަންޒަރު އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެންނަށް ދެވަނަ ފަހަރަށް މި ތަކުރާރުވަމުން އަންނަނީ މި ތަޖުރިބާތައް، މި ފިލްމު ބަލައިފިން އަޅުގަނޑުމެން.

ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ގައުމުގައި ރަނގަޅަށް ހުރި ކަންކަން ޕީޕީއެމްގެ ފިކުރުން ގޯސްކޮށްލާ މިއީ ދެވަނަ ފަހަރުކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި މުހިންމު ވަގުތުތަކެއް އެބަހުރިކަމަށް ވިދާޅުވެ، ޝައުނާ ފާހަގަކުރެއްވީ ކައުންސިލްތަކުގެ އިންތިހާބެވެ. މި ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

އެކިއެކި ނަންތަކުގައި އެކި ގޮތް ގޮތަށް ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ތަންފީޒުކުރަމުން އަންނަތާ ވަރަށް ގިނަ ޒަމާންތަކެއް ވެފައިވާކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށެއްގައި ކަންކަން ކުރެވޭނެ ގޮތްތަށް ނިޒާމު ބައްޓަން ކޮށްފައި އޮންނަކަމަށް ޝައުނާ ވިދާޅުވިއެވެ. އެމްޑީޕީގެ ބުރަ މަސައްކަތުން އުފެއްދި ފެހި ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައި އޮތް އެންމެ މުހިންމު އެއް ހައްގަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ބާރު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުންކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

އެއަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، މި ބާރުތައް ރައްޔިތުންގެ އަތުން ނަގާ މައި ސަރުކާރަށް ބަށް ކުރިކަމަށް ފާހަގަކޮށް ޝައުނާ ވިދާޅުވީ، އަނެއްކާވެސް މި ބާރުތައް އަނބުރާ ކައުންސިލްތަކަށާއި ރައްޔިތުންނަށް ލިބުނީ ރައީސް ސާލިހުގެ ވެރިކަމުގައިކަމަށެވެ. އަދި މާލީ ގޮތުން ކައުންސިލްތައް ފުދުންތެރިކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާނެކަމަށާއި، ކައުންސިލުތަކަށް ބިންތައް ދީ އެތަނުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީ، ދައުލަތުގެ ބަޖެޓުން 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށްވެސް ނިންމާފައިވާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

ރިސޯޓް ކުލީގެވެސް 40 އިންސައްތަ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާނެކަން ފާހަގަކުރެއްވިއެވެ. މިގޮތަށް ރައީސް ސާލިހުގެ ވެރިކަމުގައި ކަންކަން ނިންމެވީ، އެމަނިކުފާނަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރިއަކަށް ވާތީކަމަށް ޝައުނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އަނެއްކާ މި ހައްގުތައް ރައްޔިތުންނަށް ގެއްލުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް ޝައުނާ ވިދާޅުވީ މިކަން ފުރިހަމަކުރުމުގެ ފުރުސަތު އެމްޑީޕީއިން ސަރުކާރަށް ނުދޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: