ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށްއޮތް ހަފްތާގެ ތެރޭގައި، ސްކައުޓް އެސޯސިއޭޝަނަށް ޖާގަ ހަމަޖެހޭނެ: ޑރ އިސްމާއީލް ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްއޮތް ހަފްތާގެ ތެރޭގައި، ސްކައުޓް އެސޯސިއޭޝަންގެ އިދާރާއާއި ފިހާރަ ހިންގާނެ ތަނެއް ހަމަޖެހޭނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. މިހާރު އަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގައި ހިންގަމުން އައި އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ވަނީ މިދިޔަ ބުދަ ދުވަހު ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި، އަރަބިއްޔާ އިމާރާތުގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން އެ އިމާރާތް ހުސްކޮށް ތަޅާލަން ޖެހޭތީ، ސްކައުޓް އެސޯސިއޭޝަނަށާއި ކެޑޭޓު ކޯ އަށް ތަން ހުސްކުރުމަށް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވާނެއެވެ. އަދި ”ވަރަށް އަވަހަށް ޖާގަ ހަމަޖެހިގެންދާނެ“ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް އެރުވުމާއި، ސްކައުޓް އެވޯޑް ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވުމެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ސްކައުޓް ހަރަކާތް މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައެވެ.

”ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އެއް އިމާރާތުން އަނެއް އިމާރާތަށް ބަދަލުވަމުން ދަނީ. ނަމަވެސް މިއީ މިކަން ވާންޖެހޭނެގޮތެއް ނޫން“ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށްޓަކައި އުމްރާނީ ވަސީލަތްތަކާއި މާލީ އެހީގެ ގޮތުން ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: