ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ފިލަން އުޅުނުކަމަށް ތުހުމަތުކޮށް ހައްޔރު ކުރި ޑްރައިވަރު ބަންދުން ދޫކޮށްލައިފި އެވެ.
ތިކަފުށީގައި ލޮރީއެއްގެ ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އެ ލޮރީ ދުއްވަން އިން އިންޑިއާއަށް ނިސްބަތްވާ ޑްރައިވަރެވެ. އުމުރުން 28 އަހަރުގެ ވިގްނޭޝް ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ، ހާދިސާ ހިނގުމުން ފިލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ ސްރީލަންކާގެ މީހަކަށެވެ.
ފުލުހުން ބުނީ ހާދިސާ ހިނގުމަށް މެދުވެރިވީ ހައިމާކެއް ކައިރީ މަސައްކަތް ކުރަން އޭނާ ހުއްޓައި ލޮރީން ގައިގައި ޖެހި، އޭނާގެ ގައިމަތިން އެ އުޅަނދު ދިއުމުން ކަމަށެވެ.
މައްސަލައިގައި އޭނާ ހައްޔަރު ކުރި ނަމަވެސް، ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ބަންދުން ދޫކޮށްލާފައި ވަނީ ކުރާ ތުހުމަތާއި ގުޅެގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެވެ.
އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

