ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ހަފްތާގައި 1306 ކޮންޓެއިނަރުގެ މުދާ ކްލިއަރ ކުރި!

މާލެ ނޯތު ހާބަރުގެ މަންޒަރު/ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 1306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ކްލިއާ ކޮށްފައިވާ 1،306 ކޮންޓެއިނަރުގެ ތެރޭގައި 20 ފޫޓުގެ 452 އަދި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނެއެވެ.

ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު މިދިޔަ ހަފްތާގައި ވަނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ދޮންކެޔޮ، ކެބެޖް އަދި ސްވީޓް މެލަން ހިމެނޭ ކޮންޓެއިނަރުތައް ކްލިއާކޮށްފައެވެ.

މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު 11،730 ޕެކޭޖުގެ ބިސް، 7160 ޕެކޭޖުގެ ފިޔާ، 5721 ޕެކޭޖުގެ ކަރާ، 4559 ޕެކޭޖުގެ އަލުވި އަދި 3،636 ޕެކޭޖުގެ ޓޮމާޓޯ ހިމެނެއެވެ. މީގެ އިތުރުން 2640 ޕެކޭޖުގެ އަލަނާސި، 2743 ޕެކޭޖުގެ ކެބެޖް، 1835 ޕެކޭޖުގެ ދޮންކެޔޮ 1017 ޕެކޭޖުގެ ބަރަބޯ އަދި 522 ޕެކޭޖުގެ ސްވިޓް މެލަން ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްޕީއެލްއިން ދަނީ ކޮންމެ ހަފްތާއަކު ވެސް އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މި ހަފްތާގައި އެންމެ ގިނައިން ކުލިއާކޮށްފައިވަނީ ބިހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: