ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ތާއިދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައިވާ ކަން ހާމަކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސުންނާއި، ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މި އިނާޔަތްތައް ކުޑަކޮށް، ޕެންޝަން ކުޑަކުރަން ތާއީދު ކުރާ ކަމަށެވެ.

މި ޕޯސްޓާއި އެކު ރައީސް ނަޝީދު ވަނީ ޅެމެއް ވެސް ހިއްސާ ކުރައްވާފައެވެ.

”ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނޭ“

ދައުލަތުގެ މާލީ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު، މަޖިލީހުގައި ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރުންނަށް ވެސް އިނާޔަތްތައް ލިބެ އެވެ. އަދި ކުރީގެ ރައީސުންނަށް ވެސް އެކި އިނާޔަތްތައް ކޮންމެ މަހަކު ވެސް ލިބެއެވެ.

މި އިނާޔަތްތައް ކަނޑާލައި، ހަރަދުތައް ކުޑަ ކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ފަށައި ކުރިޔަށް ދަނިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން ގެންދަވާކަމަށެވެ.

މިގޮތުން، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރ ވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި ޕެންޝަން އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: