”ލޫޓުވައިފި ނުވަތަ ދަވާލައިފި“ ފަދަ ޝިޔާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ ރަނގަޅީ އެމްޑީޕީގެ ހަރުގެ ކުރިމަތީކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝިޖާއު ވިދާޅުވެއްޖެ އެވެ.
ނޫހެއްގެގައި ލިޔެފައިވާ ރިޕޯޓަކަށް ރައްދުދެއްވައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުުވީ ކިތަަންމެ ވަރަކަށް މަގުތަކުގައި ބެނޭ ހަރުކުރި ނަމަވެސް މި ސަރުކާރުން އެ ބެނާ ނުނަގާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވާދަވެރި ސިޔާސީ ހަރަކާތައް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއްކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބި ދުވަސްވަރު އެމްޑީޕީން ކަނޑު ވިއްކައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށް، ފުލެޓްތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުން ތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ދީފައި ނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
މެމްބަރު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން ދަނީ އޮކްޓޯބަރު 3 ގައި އެ ޕާޓީން ބާއްވާ ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށް މާލޭގައި ބެނާތައް ދަމަމުންނެވެ. އަދި އެ މުޒާހަރާއަށް ތައްޔާރުވުމަށްޓަކައި އެމްޑީޕީން މަސައްކަތްތަކެއް ފަށާފައިވާއިރު އެ މުޒާހަރާއަށް ގިނަ ބަޔަކު އެއްވުމަށް އެ ޕާޓީން ދަނީ ގޮވާލަމުންނެވެ.

