ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް އޭޖީ އޮފީސް މަސައްކަތްކުރާނެ“

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބާ --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަނައިބަކީ ހަމައެކަނި ސަރުކާރުގެ ގާނޫނީ ވަކީލަކަށް ވުމުގެ ބަދަލުގައި، އެއީ ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް، ކުރިއަރުވާ ރައްޔިތުންގެ ސަލާމަތާއި މަންފާއާއި އާއްމު މިނިވަންކަން ދިފާއުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ފަރާތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބާގައި އުޝާމް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ އެއް މުވައްސަސާ ކަމަށެވެ. މީގެ 75 އަހަރު ކުރިން 25 އޮގަސްޓު 1950ގައި ބަންޑާރައިނައިބުގެ އޮފީސް ވަކި އޮފީހެއްގެ ގޮތުގައި ގާއިމްކުރެވުން އެއީ ރާއްޖޭގައި ގާނޫނީ ނިޒާމު ތަރައްގީ ކުރުމަށް އެޅުނު ވަރަށް ހާއްސަ ފިޔަވަޅެއް ކަމަށެވެ.

2008 ވަނަ އަހަރު ވުޖޫދުވި އައު ގާނޫނާއިއެކު ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް ކަޅާއި ހުދުން ލިޔެވުނު ކަމަށް އުޝާމް ފާހަގަ ކުރެއްވިއެވެ. ބަންޑާރަނައިބަކީ ހަމައެކަނި ސަރުކާރުގެ ގާނޫނީ ވަކީލަކަށް ވުމުގެ ބަދަލުގައި، އެއީ ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް، ކުރިއަރުވާ ރައްޔިތުންގެ ސަލާމަތާއި މަންފާއާއި އާއްމު މިނިވަންކަން ދިފާއުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ފަރާތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަކަމަށް އުޝާމް ވިދާޅުވިއެވެ.

”ބަންޑާރަނައިބުންނާއި ބަންޑާރަ ނައިބުންގެ މުވައްޒަފުންނަކީ އަބަދުވެސް ނަޒާހަތްތެރި، އަހުލާގީ، އިތުބާރު ހިފޭ އަދި އިންސާފުވެރި ބަޔަކަށް ވާންޖެހުން. އަޅުގަނޑުމެންގެ މި މުވައްސަސާއަކީ މި ސިފަތަކުގެ މަތީގައި ސާބިތުވެ ހުރި މުވައްސަސާއެއް. އާދެ އެއްވެސް ޝައްކެތް ނެތް ގޮތުގައި ބަންޑާރަނައިބުގެ އޮފީހަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ މައިގަނޑު އެއް ބިންގާ ކަމަށް ވާއިރު އަޅުގަނޑުމެން މިއަދު މި ފާޙަގަކުރަނީ ހަމައެކަނި ބަންޑާރަ ނައިބުގެ އޮފީހުގެ ދިގު އުމުރެއް ނޫން. އަޅުގަނޑުމެން މި ފާހަގަކުރަނީ މިއޮފީހުގެ ސާބިތުކަމާއި ދިވެހިރައްޔިތުންނަށް ހިދުމަތް ކުރުމުގައި މި އޮފީހުން ވަރުބަލިކަމެއް ނެތި އަދާ ކުރަމުން އައި އިލްތިޒާމް“

އުޝާމް ވިދާޅުވީ މިއަދު އަގުވަޒަން މި ކުރަނީ އެބައެއްގެ ގާބިލްކަމުން އެ އޮފިސް ކުރިއަރުވައި ޒިންމާދާރު ކަމާއި އެކީގައި ބަންޑާރަ ނައިބުގެ ބިޔަ ބޮޑު މަސްއޫލިއްޔަތު އުފުލައިފައިވާ އެންމެހާ ބަންޑާރަނައިބުން ކަމަށެވެ. އަދި މިއަދު ޝަރަފުވެރިކުރަނީ ދިވެހި ދައުލަތުގެ ހިދުމަތުގައި، އެ ބައެއްގެ ހަޔާތުގެ ބޮޑު ބައެއް ބަންޑާރަ ނައިބުގެ އޮފީހުގައި ހެދަކޮށްފައިވާ ގަދަރުވެރި މުވައްޒަފުން ކަމަށް އޭޖީ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރިއށް ގެންދިއުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ދާ ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމު ކުރިއަރުވައި ޒަމާނާއި އެއްގޮތަށް ބަދަލުކޮށް، ރައްޔިތުންނަށް އަދުލުއިންސާފުގެ ނިޒާމަށް ފަސޭހައިން ވަސިލްވެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި އެކި ސަރުކާރުތަކުން ކަނޑައެޅުއްވި ސިޔާސަތުތައް ތަންފީޒު ކުރުމުގެ ޒިންމާ އަދާކުރުމަށް ބަންޑާރަނައިބުގެ އޮފީހަށް ޝަރުއީ ދާއިރާއިން އެހީތެރިކަން ދެއްވާ ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: