ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ އަސްލުތަކާ ޚިލާފަށް ވާހަކަ ދައްކަނީވެސް މީޑިއާ ޤާނޫނު ގެންނަން އުޅޭ މެމްބަރުން: ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަހުމަދު ޝިފާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ އަސްލުތަކާ ޚިލާފަށް ވާހަކަތައް ދައްކަވަނީވެސް އަބުރު ރައްކާތެރި ކުރުމަށް މީޑިއާ ޤާނޫނެއް ގެންނަންކަމަށް ބުނެ މަސައްކަތް ކުރަމުންދާ މެމްބަރުންކަމަށް އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަހުމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ތަންމިނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ތަނެއް ކަމަށާއި، މެމްބަރުންނަށްވެސް އެކި އިމްތިޔާޒުތައް ލިބިފައިވާކަމަށެވެ.

އެހެންނަމަވެސް މެމްބަރުންވެސް ވާހަކަ ދައްކަވަންޖެހެނީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާގޮތަށް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، އިސްލާމީ އަސްލަކާ ޚިލާފަށް އެފަދަ ވާހަކަތައް ދައްކަވަނީވެސް އަބުރު ރައްކާތެރި ކުރުމަށް މީޑިއާ ޤާނޫނެއް ގެންނަންކަމަށް ބުނެ މަސައްކަތް ކުރަމުންދާ މެމްބަރުން ކަމަށެވެ. އަދި ވިދާޅުވީ، ނޫސްވެރިން ”އުލުބައިނދާ“ ވާހަކައަކީ އިސްލާމް ދީނާ އެއްގޮތަށް ދައްކާފައިވާ ވާހަކައެއް ނޫންކަމަށެވެ.

ނޫސްވެރިން އުލުބައިނދާ ވާހަކަ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ އެއްގޮތަށްތޯ؟ އުލުބޭނދުމަކީ މީހަކު މަރާލުން އަސްލު

ޝިފާޒް އިތުރަށް ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ ކަމެއް ކަމަށާއި، އެއީ އެމްޑީޕީގެ މުހިއްމު ބައެއް ކަމަށެވެ. އަދި އެކަން އެމްޑީޕީއާ ވަކި ނުކުރެވޭނެކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ރާއްޖެއަށް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް އެބަހުރި ކަމަށާއި، މީޑިއާ ރެގިއުލޭޓަރީ ބިލަކަށްވުރެ މުހިއްމު ކަންކަން މިވަގުތުވެސް އެބަހުރި ކަމަށެވެ. އެގޮތުން ދައުލަތުގެ އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭގޮތަށް ހިންގޭ ނިޒާމެއް ހަރުދަނާ ކުރުމަކީ ފުރަތަމަ ކުރަންޖެހޭ ކަމެއްކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީއާއި ޕީއެންސީގެ ވެރިކަމުގައި މަޖިލީހުގައި ހިނގަމުންދާ ކަންކަން މުޅިން ތަފާތުކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އޭރު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އޭރު ދައުލަތް ހިންގީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ހިންގަން ޖެހޭގޮތަށްކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: