މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.
ޕީސީބީން އާންމުކޮށްފައިވާގޮތުން ރައީސްއަށް ގާނޫން ލިބިދީފައިވާ ބާރުގެ ދަށުން އުފައްދަވާފައިވާ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ އެމްޑީކަމުގެ މަގާމަށް އައްުޔަނުކޮށްފައިވަނީ އދ. މާމިގިލީ – ޖަވާހިރުވާދީ ޑޮކްޓަރ މުޙައްމަދު އިބްރާޙިމްއެވެ.
މި ކުންފުންޏަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ޕްރޮމޯޓުކުރުމުގެ ގޮތުން އުފައްދާފައިވާ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވީ ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ހަދައި މި ގައުމާއި ބައިނަލްއަގުވާމީ ބާޒަރުގައި ޕްރޮމޯޓްކުރުމުގެ އިތުރުން ބާޒާރުތަކުން ޖާގަ ހޯދުން ހިމެނެއެވެ.

