މިނިސްޓްރީގެ ދަށަށް އަން ހުރިހާ ފަރާތްތަކަށް ހިދުމަތް ދެވޭނެ ގޮތަށް މަސައްކަތްތައް ބައްޓަންކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި މިނިސްޓްރީން ބުނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
ހާއްސަގޮތެއްގައި މުޖުތަމައުގައި ދިރިއުޅޭ ހުރިހާ ފަރާތްތައް ވެސް މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް އަންނައިރު އޭގެތެރޭގައި އަންހެނުން، ކުޑަކުދިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އުމުރުން ދުވަސްވީ ފަރާތްތަކާއި ޖުމްލަކޮށް މުޅި އާއިލާގެ ކަންކަންވެސް މިނިސްޓްރީގެ މެންޑޭޓަށް އަންނަކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީގެ ހިންގުމުގެ ނިޒާމު އެ ފަރާތްތަަކށް ހިދުމަތް ދެވޭގޮތަށް ބައްޓަން ކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ޕްރިވެންޓިވް އޭންގަލްއަކުން މަސައްކަތްތަކެއް ކުރުމަކީ މިނިސްޓްރީން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
”މިހާރުވެސް ކުރިއަސް ގެންދާ ހާލު ކިހިނެތް ޕްރޮގްރާމް. މި ޕްރޮގްރާމްގެ ބޭނުމަކީ ނާޒުކު ހާލަތަކަށް މީހަކު ނުވަތަ ބަޔަކު ދިުއމުގެ ކުރިއަށް އެފަރާތްތައް ދެނެގަނެ، އެފަރާތްތައް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ ކޮންކަހަލަ މަސައްކަތްތަކެއް ކޮށްގެންތޯ ދެނެގަނެ، އެފަރާތްތަަކުގެ ހާލަތު ރަނގަޅު ކުރުން“
މިނިސްޓްރީން ބުނެފައިވަނީ މިހާރު ކުރިއަށް ގެންދާ އެއް ޕްރޮގްރާމަކީ، ”އުފާވެރި ރަސްތާ“ ކަމަށާއި، މިކަމުގެ ތަމްރީމް ޕްރޮގްރާމްތަކެއް ކުރިއަށް ދާނެ ކަމަށެވެ. މިނިސްޓްރީން ބޭނުންވަނީ ރަށްރަށުގައ އުފާވެރި ރާސްތާ ޕްރޮގްރާމް ކުރިއަށް ގެންދެވޭ ފަދަ ބަޔަކު ތަމްރީމް ކުރުން ކަަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނެފައިވަނީ މީގެއިތުރަށް އަންހެނުން ބާރުވެރި ކުރުވުމާއި، ލީޑަރޝިޕް މަގާމުތަކަށް އަންހެނުން ގެނައުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

