ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސްކީމަށް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ލޯން ސްކީމްގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމެވެ.
މި ސްކީމް ޑިޒައިންކޮށްފައި ވަނީ، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރުން ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ވެސް ފުރުސަތު ލިބޭނެ ގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި ސްކީމަށް ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލުމަށް އަންގަވާފައިވާނެ ކަމަށެވެ.

