ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުގޭގެ މިނިވަންކަން އޮތްކަމާއިމެދުވެސް ސުވާލު އުފެދޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އޮތީ ފަނޑިޔާރުގޭގެ މިނިވަންކަން އޮތްކަމާއިމެދު ސުވާލު އުފެދޭ ހާލަތުގައިކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައިތާ ދެ އަހަރު ދުވަހާއި ގާތްވެފައިވާއިރު ދިވެހިންނަށް އެކަމުގެ ސަބަބުން ކުރި އެއްވެސް ފައިދާއެއް ނެތްކަމަށެވެ. އަދި ބޮޑެތި ގެއްލުންތައް ވަމުންދާކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ދައުރުގެ މުއްދަތަށް ވެރިކަމުގައި ދެމިހުންނަވައިފި ހާލަތެއްގައި އިޔާދަނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެގެންދާނެކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ، މިހާރުގެ ހާލަތުން އަރައިގަތުމަށް އެހެން ގޮތެއް ހޯދަންޖެހިފައިވާކަމަށާއި، ސަރުކާރު ބަދަލުކުރަންޖެހޭކަމަށެވެ. އަދި އެމްޑީޕީން ފާޑުކިޔުންތަކެއް އަމާޒުކުރަމުންދަނީ ރައީސް ޑރ. މުއިއްޒު ވެރިކަމުގައި ހުންނެވީތީ ނުވަތަ އެމްޑީޕީގެ އަތުގައި ވެރިކަން ނެތިގެންވެސް ނޫންކަމަށް އޭނާ ހާމަކުރެއްވިއެވެ. ނަމަވެސް، މި ރާއްޖޭގެ ވެރިކަމުގައި ކޮންމެ މީހަކު ހުރިނަމަވެސް ހަމަހަމަކަމާއިއެކު ރައްޔިތުންނާއިމެދު އަމަލުކުރެވެންޖެހޭކަމަށް އަމީރު ވިދާޅުވިއެވެ.

ކޮންމެ ރަށަކުން ކޮންމެ ޕާޓީއަކުން މީހަކުވެސް ވެރިކަމަށް އައުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ސަރުކާރާއިމެދު ނުތަނަވަސްކަމެއް އޮތީ މި ވެރިކަމުގައި އެންމެނާއިމެދު ހަމަހަމަކަމާއިއެކު އަމަލުނުކުރާތީކަމަށެވެ.

އަމީރު ވިދާޅުވީ، ވެރިކަމުގެ ކަންކަން ބައްޓަންވެފައި އޮތީ އެންމެނަށް ފައިދާތަކެއް ލިބިގެންދާނެ ގޮތަށް ނޫންކަމަށެވެ. އަދި އޭނާވަނީ މަޖިލީހުގައި ތިބި މެންބަރުން ސަރުކާރުން ބުނާ ގޮތެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދާކަމަށް އިޝާރާތްކުރައްވާފައެވެ. އެތަނުގައި ސަރުކާރުގެ ފުރިހަަމަ ބާރުވެރިކަން އޮތްއިރު މަސައްކަތްތައް ކުރަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާއެއްވެސް އޮތީ ރައީސް ޑރ. މުއިއްޒުގެ އަތްދަށުގައިކަމަށެވެ. އަދި ހުރިހާ މިނިވަން މުއައްސަސާއެއް އެމަނިކުފާނު އެދޭ ގޮތެއްގެ މަތިން މަސައްކަތްކުރާ ތަންތަނުގެ ގޮތުގައި ބަދަލުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިވަގުތު ރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ ހާލަތު މެދުވެރިވެފައިވާކަމަށްވެސް އަމީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި އެންމެ ފަހުން މީޑިއާތައް ކޮންޓްރޯލްކުރުމުގެ ގާނޫނެއް ވުޖޫދުކޮށްފައިވާކަމަށެވެ. އަދި ގާނޫނުގެ މަގުސަދަކީ ސަރުކާރުން ކުރަމުންދާ ވައްކަންތަކުގެ ވާހަކަތައް މީޑިއާތަކުން ދެއްކުން ހުއްޓުވުމާއި ސޯޝަލްމީޑިއާއިންވެސް އެ އަޑުތައް ކަނޑުވާލުންކަމަށް އޭނާ ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: