ދިވެހިރާއްޖޭގެ ޝަރިއީ ކޯޓުތަކުގައި މަސައްކަތް ކުރާ ހުރިހައި ފަނޑިޔާރުންގެ މާލީ ބަޔާން މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަން ޖެހޭ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެނުއުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅައިފިއެވެ.
ރައީސް ސާލިޙްގެ ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭނަކީ ކޯލިޝަންއިން ނެރުނު ޖަޒީރާ މެނިފެސްޓޯގައި ހިމެނި ކަންކަން މި ފަސް އަހަރު ތެރޭގައި ކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނައިގެންނެވެ. ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ ނޫ އިގްތިސޯދާއި އޯގާތެރި ސަރުކާރާއި ޖަޒީރާ ދިރިއުޅުމާއި ހެޔޮ ވެރިކަމާއި ފަހުރުވެރި އާއިލާގެ މައްޗަށެވެ. ޕްލޭން މިހާރު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
އެކްޝަން ޕްލޭންގެ ހެޔޮވެރި ކަމުގެ ބައި ބެހި ފައި ވަނީ ޖުމުލަ ހަތް ދާއި ރާއަކަށެވެ. އެއީ ޤާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަ ރުޢީ ނި ޒާމު އި ޞް ލާޙުކުރުން؛ ޤައުމީ ސަ ލާމަތާއި އާންމުންގެ ރައްކާތެރި ކަން؛ ކޮރަޕްޝަން ނައްތައި ލުން؛ ހަމައެހެންމެ ޖަވާބުދާރީ ކުރުވަނި ވި ދައުލަތެއް ގާއިމް ކުރުމާއި މިނި ވަން މުއައްސަ ސާތަކާއި ޕަބްލިކްސަރވިސް އިޞްލާޙުކުރުމާއި މިންތީގެ ހަމަހަމަކަރުމުގެ އިތުރުން ޚާރިޖިއްޔާއެވެ.

ހެޔޮވެރިކަން ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ސިޔާސަތު ކަމުގައިވާާ ގާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަރުޢީނިޒާމު އިސްލާޙު ކުރުމުގެ ބައިގައި ބުނެފައިވާގޮތުގައި ޤާނޫނީ އަދި ޝަރުޢީނިޒާމު އިޞްލާޙުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ވައުދެވެ
ހަރުދަނާ ޤާނޫނުތަކެއް ނެތުމުގެ ސަ ބަބުންނާއި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގައި ހުރި އުނި ކަންތައްތަކުގެ ސަބަބުން ދައުލަތުގެ އެކި އެކި މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި ހިނގަމުން ނުދާކަށް އެކްޝަން ޕްލޭންގައި ބުނެފައިވެއެވެ.
މީގެއިތުރުން މައްސަލަތައް ނިންމުމުގައި ޝަރުޢީދާއިރާއިން ވަކި ފަރާތަކަށް ބުރަވާ ކަމަށާއި ، ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުގައި އެފަރާތްތައް ޖެހިފައި ވާކަމުގެ ތުހުމަތުގެ އިނގިލި އެ ދާއިރާއަށް ދިއްކުރެވެމުން އަންނައިރު ،ޤާނޫނުތައް މި ފަދަ ޝަރުޢީނިޒާމަކުން ތަންފީޒުކުރަމުން ގެންދިއުމަކީވެސް ދިވެހިރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކުރުމަށް ދިމާވާ ގޮންޖެހުންތަކެއް ކަމަށް އެކްޝަން ޕްލޭންގައި ވަނީ ބުނެފައެވެ. އަދި އަދުލުއި ންސާފުގެ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމަ އަދި ހަރުދަނާ ޤާނޫނީ އޮނި ގަނޑެއް ނެތުން ކަމާއި ، މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނީ އޮނިގަނޑުގައި ފުށޫއެރުންތަކަކާއި ފޫނުބެދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ. އަ
ހަމައެހެންމެ 2008 ވަނަ އަހަރުގެ ޤާނޫނުއަސާ ސީ ތަސްދީޤުކުރުމުގެ ކުރިން ފާސްކޮށްފައިވާ ޤާނޫނުތަކުގެ ތެރެއިން އާ ޤާނޫނުއަސާސީއާ ފުށޫއެރުން ހުރި ޤާނޫނުތައް އެ ޤާނޫނުއަސާސީ އައުމާއެކު ބާޠި ލުވެފައި ވީނަމަވެސް އެފަދަ ޤާނޫނުތަކަށް އަދިވެސް ދަނީ ޢަމަލުކުރެވެމުން އެކްޝަން ޕްލޭންގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެއިތުރުން، ހަރުދަނާ ކަމާއެކު އެކަށީގެންވާ އަވަސް މިނެއްގައި އަދުލުއިންސާފު ޤާއިމުކުރުމަށާއި ޝަރުޢީދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ވާޖިބުތަކާއި ޒިންމާތައް މިނިވަންކަމާއެކު އަދާކުރުމަށް ހުރަސްއެޅިގެންދާ ބައެއް ސަބަބުތަކުގެ ތެރޭގައި ޤާނޫނީ ނިޒާމުގައި ހުރި އުނިކަންތައްތަކާއި ، ޝަރުޢީނިޒާމުގެ މިނިވަންކަމާއި ޖަވާބުދާރީ ކުރުވުމުގެ އުސޫލުތައް ރަނގަޅުނޫން ގޮތުގައި މާނަކުރުމާއި ، ފަނޑިޔާރުން ޢައްޔަނުކުރުމުގައި ހުރި އުނިކަންތައްތަކާއި ، ޖުޑީޝަލްސަރވިސް ކޮމިޝަނުގެ މަސައްކަތްތަކުގައި ދެފުށް ފެންނަ އަދި ހަރުދަނާ އުޞޫލުތަކެއް ނެތުމާއި ، އާންމުން މެދުގައި ޝަރުޢީނިޒާމަށް އޮތް އިތުބާރު ކުޑަވުން ހިމެނޭ ކަމަށް އެކްޝަން ޕްލޭންގައި ބުނެފައިވެއެވެ.

