ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރަން މުދައްރިސުން ކުރާ މަސައްކަތް ފާހަގަކުރަން: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށްދިނުމަށް މުދައްރިސުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވިދާޅުވީ، ދަރިވަރުން އިސްލާމީ ރިވެތި އަހްލާގުން ޒީނަތްތެރިކޮށް ހުނަރު ލިބިގެންވާ އިލްމީ ބަޔަކަށް ހެދުމަށް މުދައްރިސުން ކުރައްވާ ބުރަ މަސަައްކަތް ބަލައިގަނެ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

https://twitter.com/FaisalNasym/status/1180421977321852928

ނައިބު ރައީސް ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.

ނައިބު ރައީސްގެ އިތުރުން މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ތަހުނިޔާ ދަންނަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: