ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭޓް އެރީނާއާއެކު ކާމިޔާބީގެ އެތައް ދޮރުތަކެއް ސްކޭޓަރުންނަށް ހުޅުވިގެންދާނެ: މިނިސްޓަރު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ގާއިމްކުރާ ސްކޭޓް އެރީނާއާއެކު ކާމިޔާބީގެ އެތައް ދޮރުތަކެއް ސްކޭޓަރުންނަށް ހުޅުވިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މާލޭ އުސްފަސްގަނޑުގައި އަލަށް ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ، މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީހީ ދުވަހެއް ކަމަށާއި، ބިންގާ އެޅި ސްކޭޓް އެރީނާއާއިއެކު މިކުޅިވަރުން އިތުރު ކާމިޔާބީތައް ޤައުމަށް ހޯދާދެވޭނެކަމަށެވެ. މިއީ ވަރަށް ދިގު އިންތިޒާރެއްގެ މަޝްރޫއުއެއްކަމަށް ރާފިއު ވިދާޅުވިއެވެ.

ސްކޭޓިންއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއްކަމަށް ފާހަގަކޮށް ރާފިއު ވިދާޅުވީ، ގިނަ އަދަދެއްގެ ހުނަރުވެރި ކުދިން މިކުޅިވަރުގައި މިހާރުވެސް ވިދަމުން އަންނަކަމަށާއި، މިއީ މިހާރުވެސް ރާއްޖެއަށް ރީތިނަން ހޯދައިދެމުން އަންނަ ކުޅިވަރެއްކަަމަށެވެ.

މި އެރީނާ ފަރުމާކުރެވިފަވަނީ ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭގޮތަކަމަށްވާއިރު، މި މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް ރިފާއު ވިދާޅުވިއެވެ. ސްކޭޓް އެރީނާގެ މަސައްކަތަކީ އާރްސީސީއިން ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ މިފަދަ ކުޅިވަރުތައް ކުރިއެރުވުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ރާފިއު ވިދާޅުވިއެވެ.

ކުޅިވަރާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި މިނިސްޓަރ ވަނީ ކުޅިވަރުގައި ދާންވީ މިސްރާބު ނޭނގި އޮތްނަމަ އޭގެ ސަބަބުން ވަރަށް ބޮޑަށް ވަގުތު ބޭކާރުވާކަމަށް ވިދާޅުވެފައެވެ. ކަންބޮޑުވުންތައް ހައްލު ކުރުމަށް މިދިޔަ އަހަރު އެކި ބައްދަލުވުންތައް ގެންގޮސްފައިވާކަން ފާހަގަކުރައްވައި، ރާފިއު ވިދާޅުވީ ބައެއް ކަންކަމުގައި ބޭރުގެ ކޮންސަލްޓަންޓުންގެ އެހީ ހޯދާފައިވާނެކަމަށެވެ. އަދި ރާއްޖޭގެ ދާއިރާގެ ހިދުމަތްތެރިންނާއި، ތަޖުރިބާކާރުންގެ އިތުރުން އެސޯސިއޭޝަންތަކާއި މަޝްވަރާ ކުރުމުގެ ތެރެއިން މުހިންމު ހުށަހެޅުންތަކެއް ލިބުނުކަމަށް ރާފިއު ވިދާޅުވިއެވެ.

ރާފިދު ވިދާޅުވީ ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް ކުރި މަސައްކަތުގައި، ކީ ގްރޫޕްތަކެއް އެކުލަވާލިކަމަށެވެ. އަދި މިހާރު ފޯމް ކުރެވިފައިވާ ގޮތަށް، އެސޯސިއޭޝަންތަކައި އެކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު އިތުރު މަސައްކަތްތައް ކުރަމުންދާކަމަށް ރާފިއު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުތަކުގެ ތެރއިން، ކުޅިވަރުގެ ވަސީލަތްތަކަށް އަޅާނުލެވި އޮތް މިންވަރު ފާހަގަކުރެވުނުކަމަށެވެ. އެގޮތުން ދަނޑުތަކާއި، ސެންޓަރުތައް މަރާމާތު ނުކޮށް ހުރުން ފާހަގަކުރެއްވިއެވެ. މިކަންކަމަށް ހައްލު ގެންނާނެކަމަށް ރާފިއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: