ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް އެއްކޮށް ދައްކަން އިތުރު މުއްދަތެއް ދެނީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޓްލްމެންޓް އެގްރިމެންޓް ހަދާފައިވާ ފަރާތްތަކުގެ ތެރެއިން ގަވައިދުން ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދިނުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

މި ނިންމުން އަންނަ ހުކުރު ދުވަހުން ފެށިގެން ތަންފީޒު ކުރުމަށް ވަނީ ނިންމާފަ އެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސެޓްލްމެންޓް އެގްރީމެންޓުގެ ދަށުން ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް އަދާކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކަށް ލުޔެއް ދިނުމަށް މިނިސްޓްރީން ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ، ގަވާއިދުން ބިދޭސީންގެ ފީތައް ދައްކަމުންދާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮރުކޮށްދެވޭނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އެވެ.

ސެޓްލްމެންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތު ނުލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: