ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންތަކެއް އެކްސްޕްލައިޓު ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން، އެކަކުގެ ބަންދަށް 5 ދުވަސް ބާކީ 3 މީހުންނަށް 10 ދުވަސް ޖަހައިފއެވެ.

މި މައްސަލައިގައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ނާފިއު ރާޝިދުގެ އިތުރަށް މި މައްސަލައިގައި ހައްޔަރު ކުރި އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސަޢީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.

މި މައްސަލައގައި  އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އެޕާޓްމެންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުންވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާ ތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

މީގެއިތުރުން މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 2 އަންހެންކުދިންނާއި 16 އަހަރާއި 17 އަހަރުގެ 2 ފިރިހެން ކުދިންކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މީގެކުރިން ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: