ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސަބަބުން މުޒާހަރާގެ ބައިވެރިންވާނީ އިތުރު: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން މުޒާހަރާގެ ބައިވެރިންވާނީ އިތުރުކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި އޮތް އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ، މި ސަރުކާރުން ވަނީ ނުހައްގުން އެމްޑީޕީގެ މެންބަރުންތަކެއް ހައްޔަރުކޮށްފައިކަމަށެވެ. ދޮގު ބަޔާނެއް ހުށައަޅައިގެން ފުލުހުން ވަނީ އެމީހުންނަށް ބަންދުގެ މުއްދަތު ޖަހުވާފައިކަމަށްވެސް ނާޒިލް ތުހުމަތު ކުރެއްވިއެވެ. އަދި އޭނާ ވަނީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާފައެވެ. މިއީ އެމްޑީޕީއިން އޮކްޓޯބަރ 3 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކެވެ. އޭގެ ތެރޭގައި 6 މީހަކު ހިމެނެއެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމުގައި ފަނޑިޔާރުންވެސް އަމަލުކޮށްފައިވަނީ އިންސާފުވެރިކަމާއިއެކު ނޫންކަމަށް ނާޒިލް ވިދާޅުވިއެވެ. ގާނޫނު ބުނާ އެންމެ ދިގު މުއްދަތަށް ބަންދު ކުރަން ފުލުހުން އެދުނު ނަމަވެސް އެކަމާއި ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލު އުފައްދަން ޖެހޭނެކަމަށް ނާޒިލް ވިދާޅުވިއެވެ. އެގޮތުން އެ ހައްޔަރީން އަނިޔާވެރި އަމަލެއް ހިންގިކަން އެނގޭ ސާބިތު ހެތްކެއް ނެތްކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، އެމީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއްގެ ގޮތުގައި ދެއްކޭނެ ހެތްކެއްވެސް ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ ކުރީގައި އެއްވެސް ކަހަލަ ރިކޯޑެއް އޮތް ބައެއް ނޫން 6 މީހުންނަކީވެސް އޭގެ ތެރޭގައި. އަދި ހެތްކައް ނުފޫޒު ފޯރުވިދާނެފަދަ އެއްވެސް އަމަލެއް ކުރެވޭވަރުގެ ބައެއްވެސް ނޫން އެއީ އަދި އޭގައި އެކަހަލަ އަމަލެއް ކޮށްފައި އޮތީއެއްވެސް ނޫން. މިހިރީ އާންމުކޮށް މުއްދަތު ޖަހާ ޖެހުމުގައި ފަނޑިޔާރު ސުވާލު އުފައްދާ، ފަނޑިޔާރު އެ މުއްދަތުތައް ރިޔާއަތް ކުރާ ކަންތައްތައް. މިއިން އެއްވެސް ކަމަކަށް ރިޔާއަތް ނުކޮށް، މިހާ ބޮޑު، 15 ދުވަހަކީ އެއީ އެންމެ ބޮޑު، އެންމެ ދިގު މުއްދަތު، އެހާ ބޮޑު މުއްދަތެއް ޖަހާފަ އެގޮތަށް އެކަން ކުރުމަކީ އިންސާފު މިހާރު ރައްޔިތުންނަށް ނުލިބޭކަމަށް އަޅުގަނޑުމެންނަށް ޔަގީންވާކަމެއް.

ނާޒިލް ވިދާޅުވީ 15 ދުވަހުގެ މުއްދަތެއް އެމީހުންގެ މައްޗަށް ޖަހާފައިވާއިރު، ފަނޑިޔާރު މިވަރުގެ ބޮޑު މުއްދަތެއް ޖެހުމުގައި ރިޔާއަތްކުރާ އެއްވެސްކަމަކަށް މިފަދަ ކޮށްފައި ނެތުމުން، ރައްޔިތުންނަށް އިންސާފު ނުލިބޭކަން ސާފުވާކަމަށެވެ. އެމީހުންނާއި ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެތްކެއް ދެއްކިފައި ނެތްކަމަށް ގާނޫނީ ވަކީލުންވެސް ފާހަގަކުރަމުންދާކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ނުފޫޒު ފޯރުވައިގެން ނަމަވެސް، އެކަން އެގޮތަށް ކުރަން ފަނޑިޔާރުންނަށް ނުޖެހޭނެކަމަށެވެ. އަދި އޭނާ ވަނީ އެ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާފައެވެ.

ނާޒިލް ވިދާޅުވީ ޝަރީއަތްތައް އިންސާފުވެރި ނޫންކަމަށްވާނަމަ، މުޒާހަރާތަކަށް ނިކުންނަ މީހުންގެ އަދަދުވާނީ އިތުރުކަމަށެވެ. ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަކީ ބިރު ދެއްކުމަށް ކުރާކަމެއްނަމަ، އެކަން އެގޮތަށް ނުހިނގާނެކަމަށް ނާޒިލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުން އިތުރަށް ހިތްހަމަ ނުޖެހި ސަރުކާރާއި ދެކޮޅުވާނީކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، މިކަންކަމުގެ ސަބަބުން އިތުރަށް ހާލަތުވާނީ ގޯސްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: