ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ކޮރަޕްޝަން ރައީސް ސާލިހަށް ތިލަ ކުރުމުން ފިޔަވަޅު ނާޅައި އޮތުމަކީ ރައީސް ހައްޔަރުކުރަން ޖެހޭވަރުގެ މައްސަލައެއް: ޝާހިދު

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ކޮރަޕްޝަން ރައީސް ސާލިހަށް ތިލަ ކުރުމުން ފިޔަވަޅު ނާޅައި އޮތުމަކީ ރައީސް ހައްޔަރުކުރަން ޖެހޭވަރުގެ މައްސަލައެއްކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މަޖިޅީހުގައި ފެނިގެންދަނީ ތާރީހީ މަންޒަރުތަކެއްކަމަށެވެ. އެގޮތުން ޕީއެންސީގެ ބޮޑު މެޖޯރިޓީއިން، މައިނޯރިޓީއަށް ފުރުސަތު ދީގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެދުވަހުގެ މަޖިލީހުގެ އެޖެންޑާގައި ގިނައީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށައަޅުއްވާފައިވާ މައްސަލަތައް އެކަންޏެވެ.

މިވަގުތު މަޖިލީހުގައި އޮތް އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، ވެރިކަން ކުރަމުންދާ ފަރާތްތަކުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި އެމްޑީޕީއިން ކުރަމުން ގެންދާ މަސައްކަތްތަކެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ޕީއެންސީގެ މި ސަރުކާރަކީ ކޮރަޕްޝަން ފްރީ ސަރުކާރެއްކަމަށެވެ. އިދިކޮޅުން ހުށައެޅި ނަމަވެސް މިފަދަ އިސްލާހުތަކަށް ސަރުކާރު މެންބަރު ތާއީދުކުރަނީ އެ ސަބަބަށްޓަކައިކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގައި ކޮރަޕްޝަނެއް ނުހިނގާނެ، އެއްގޮތަކަށްވެސް ނުހިނގާނެ. ސަބަބަކީ ދެ ފުށް ފެންނަ ސިޔާސަތުތަކެއްގެ ދަށުން ވަރަށް ހާމަކަން ބޮޑުކޮށް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ވަރަށް ދެ ފުށް ފެންނަ ސިޔާސަތުތަކެއްކަމަށެވެ. ކަންކަން ހިނގަމުންދަނީ ހާމަކަން ބޮޑު ގޮތެއްގައިކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ މަޝްރޫއުތައް ހިންގަމުންދަނީ ސީދާ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިސްވާކަމަށެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ކަން ހިނގާފައިވަނީ މިއާއި މުޅިން ހިލާފަށްކަމަށާއި، އެތައް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާއިރުވެސް، ގިނަ ދުވަސްތަކެއް ފާއިތުވެެގެން ދިޔައިރުވެސް އެއްވެސް ފިޔަވަޅެއް ނާޅައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަން ބަލާ އިސްލާހު ނުކުރުމަކީ އެހާ ގިނަ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގުމަށް އެމްޑީޕީގެ ވެރިކަމުގައި ޖާގަ ލިބިގެން ދިޔަ ސަބަބުކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަކީ ވަގުތުން ވަގުތަށް ހުއްޓުވާ ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކެއްކަމަށް ވިދާޅުވެ، ޝާހިދު ވަނީ އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މި ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ ކުރީގެ ރައީސް އިބްރާހީް މުހައްމަދު ސާލިހަށް ދެންނެވިކަން ފާހަގަކުރައްވާފައެވެ. އެއާއިއެކުގައި ދެން ފިޔަވަޅެއް ނޭޅުމަކީ ރައީސް ހައްޔަރުކުރަން ޖެހޭވަރުގެ މައްސަލައެއްކަމަށް ޝާހިދު ވިދާޅުވިއެވެ. މިކަމުގައި އޭސީސީއާއި އޮޑިޓާރ ޖެނެރަލްގެ މައްސަލަވެސް އެބައޮތްކަމަށާއި، މަގާމުގެ ދިފާއުގައި އަޅާނުލާ ހުރުމަކީ ގޮތެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: