ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނުގެ މައްސަލަތަކުގައި އެމްޑީޕީ އިތުރަށް ފަޟީހަތް ވާނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގެ އެކި ވާހަކަތައް ދެކެވޭ ވަރަކަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ފަޟީހަތްވެ، ބޭޒާރުވާ މިންވަރު ވާނީ އިތުރުކަމަށް  ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތަކާއި އެކު، ފެނަކަ އޮޑިޓު ރިޕޯޓު އާންމު ކުރުމުން އެ ތުހުމަތުތަކުގެ އަޑުވަނީ ގަދަވެފަ އެވެ. ފެނަކަ އޮޑިޓުގެ މައްސަލަ ބެލުމަށް މަޖިލީހަށް ސަރުކާރުގެ މެމްބަރުންގެ ފަރާތުން ވަނީ ގަރާރެއް ވެސް ހުށަހަޅާފަ އެވެ.

މައްސަލައިގައި ފަލާހު ވިދާޅުވީ މަޖިލީހުގެ ކުރިޔަށް ހުރި ޖަލްސާތަކުގައި އެމްޑީޕީ އިތުރަށް ފަޟީހަތްވެ، އެ ޕާޓީގެ ވެރިކަމުގައި ހިނގާފައި ހުރި އެތައް ހިޔާނާތެއް ހާމަވެގެން އަންނާނެ ކަމަށެވެ. ރާއްޖެއަށް ވައްކަމާއި، ކޮރަޕްޝަން އާންމުކޮށް އޭގެ މައި ބަޔަކަކީ ވެސް އެމްޑީޕީކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިވެހި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ޖީއެމްއާރަށް ވިއްކައިލި ގޮތަކީ ކޮންމެ ދިވެހި ރައްޔިތެއް ހަނދާން ހުންނާނެކަމަށެވެ. އެއާޕޯޓު ހެދުމުގެ ނަމުގައި، ހަގީގަތް ނޭނގޭ ގޮތަށް ގައުމުގެ މައި ދޮރާށި ނުއަގުގައި ވިއްކައިލީ 200 މިލިއަން ޑޮލަރަށްކަމަށް ފަލާހު ވިދާޅުވިއެވެ. އެއަށް ފަހު އެމްޑީޕީގެ ސަރުކާރާއި، ޕާޓީގެ އެތައް ބަޔަކު އެ ފައިސާއަށް އަމިއްލަ ބޭނުމަށް ނެގިކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ.

ފަލާހު ވިދާޅުވީ މިއީ އެމްޑީޕީގެ ވަރަށް ބޮޑު ހިޔާނާތެއްކަމަށާއި، ގައުމަށް ދިން އެ ގެއްލުމުގެ ސަބަބުން ދިވެހި ދައުލަތަށް އެތައް ބުރައެއް އުުފުލަން ޖެހުނު ކަމަށެވެ. ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން 400 މިލިއަނަށް ވުރެ ބޮޑުކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ތާރީހުގައި ސަރުކާރަކުން ހިންގު އެންމެ ބޮޑު ހިޔާނާތަކީ މިއީކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހިންގި ބޮޑެތި ކޮރަޕްޝަންތަކުގެ ތެރޭގައި، އެމްޑަބްލިޔުއެސްސީގެ 30 އިންސައްތަ ހިއްސާ ބަޔަކަށް ވިއްކައިލި ގޮތާއި ދިރާގުގެ ހިއްސާ ވިއްކާލުން ވެސް ފަލާހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރާއްޖޭގައި ހުރި ހުރިހާ ފަޅުރަށްތައް އެމްޑީޕީއާ ގުޅުންހުރި ބައެއް ފަރާތްތަކަށް ބަހާލިކަމުގެ ތުހުމަތު ކުރެއްވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވާ އެކި މައްސަލަތަކާއި، ގަރާރުތަކަށް އެމްޑީޕީގެ އެހެން މެމްބަރުން އެއްބަސް ނުވާކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ކުޑޫދެކެ ވަރަށް ބޮޑަށް ނުރުހުންވާކަމަށެވެ.

އެމްޑީޕީ މީހުން މި ބުނަނީ، މުހައްމަދު އިބްރާހިމް މި ދެނީ ވަރަށް ބޮޑު ލަނޑެކޭ.. ތިމަންނަމެންނަށް ކޮންމެ ދުވަހަކު އައިސް ތިމަންނަމެންގެ ވާހަކަ މިތާ މަޖިލީހުގައި ދެއްކުމުގެ ނިޔަތުގައި ތިމަންނަމެންނާ ގުޅުން ހުންނަ މިފަދަ އެއްޗެހިތައް ހުށަހެޅީމާ މުޅި އެމްޑީޕީ ފަޟީހަތްވެގެން މިދަނީ

ފަލާހު ވިދާޅުވީ ކޮރަޕްޝަނުގެ ވާހަކަތަކާއި އެކު، އެމްޑީޕީ އަބަދުވެސް ”ފާޅުވާ“ ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީގެ ދެވަނަ ވެރިކަމުގައި، ދިވެހި ދައުލަތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އަދި އެންމެ ބޮޑު އެސެޓެއް ހުރި ކުންފުނިއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަމަށެވެ. ޓެކްސް ފައިސާއިން ހިއްކާފައި އޮތް ބިންތައް ދޫކޮށްލީ އެއްވެސް ބެލުމެއް ނެތިކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: