ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އަމާޒު ހިފާފައިވަނީ ތަޢުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކުުރުމަށް: ނައިބު ރައީސް

"ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން އަމާޒު ހިފާފައިވަނީ ތަޢުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި ކުރިއަށްދާ އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ ފައްޓަވާދެއްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، އިސްލާމީ ދުނިޔޭގައި ޢިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އިސްލާމީ އަސާސްތަކުގެ މަތީގައި މުޖުތަމަޢުތައް ބައްޓަން ކޮށްދެއްވުމަށް އެޖަމްޢިއްޔާތަކުން މަސައްކަތް ކުރައްވަމުންދާކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން މިދާއިރާގައި ހޯދަމުންދާ ކުރިއެރުންވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިހާރު އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރިގޮތެއްގައި ތަޢުލީމު ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށާއި، އިސްލާމީ ޤައުމުތަކުގައި މީހުން ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭންޖެހެނީ އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ސެމިނަރއަކީ، ޚުލްޤު ހެޔޮ، ޤާބިލު ލީޑަރުން ބިނާކުރުމުގެ ޤައުމީ ތަޞައްވުރާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަދި އީމާންކަމާއި، ޢިލްމާއި، އަޚްލާޤު ޝާމިލުވަނިވި ތަޢުލީމަށް ހިތްވަރު ދޭ ސެމިނަރއެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަ ނިންމަވާލައްވަމުން، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އާއި، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައި.އައި.އައި.ޓީ) ގުޅިގެން މިފަދަ ސެމިނަރއެއް ކުރިއަށް ގެންދެވުމަކީ، އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމާއި، އެއް އަމާޒަކަށް މިޞްރާބު ހިފާފައިވާކަމުގެ ރަމްޒެއް ކަމުގައި ވިދާޅުވިއެވެ. ހަމަމިއާއެކު، އިސްލާމީ އަދި އިންސާނީ އުޞޫލުތައް ކުރިއަރުވައި، ޖަމާޢަތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަކީ ރާއްޖެއިން ބަލައިގަންނަ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އިސްލާމީ ލީޑަރޝިޕްގެ މައުލޫމާތު އިތުރުކުރުމާއި، ޢިލްމާއި ޒުވާނުންގެ ލީޑަރޝިޕް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި ސެމިނަރގައި ދިވެހިރާއްޖެއާއި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: