ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ޑިކްލަރޭޝަން ނިޒާމު ހަރުދަނާކޮށް، ”އެސެޓް ރިކަވަރީ ބިލު“ އަވަސް ކުރަން ޖެހޭ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސެޓް ޑިކްލަރޭޝަން ނިޒާމު ހަރުދަނާކޮށް، ”އެސެޓް ރިކަވަރީ ބިލު“ އަވަހަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.

ފެނަކަ ކޮރަޕްޝަނުގެ ހިޔާނާތް ހާމަވެގެން އައި އޮޑިޓު ރިޕޯޓާއި އެކު، މަޖިލީހުގައި އެ މައްސަލައިގެ ބަހުސްތައް ދަނީ ކުރިޔަށެވެ. ސަރުކާރުގެ މެމްބަރުން އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އިދިކޮޅުން ތުހުމަތު ކުރަނީ މި ސަރުކާރުގެ އެތެރޭގައި ވެސް ހިޔާނާތް ހިނގާކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، މިނިވަން މުވައްސަސާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.

މި މައްސަލައިގައި ޝަމްހީދު ވަނީ ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ހުށަހެޅުމަށް ގާނޫނުތަކުގައި ހުރި ލޫޕްހޯލްތަކަށް ހައްލު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ކުޑޫ) އަށް ޝުކުރު އަދާކުރައްވައިފައެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން އެސެޓް ޑިކްލަރޭޝަން ނިޒާމާބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލާފައިވާ ”އެސެޓް ޑިކްލަރޭޝަން ނިޒާމު ދިވެހިރާއްޖެ“ ކިޔާ 32 ސަފުހާގެ ރިޕޯޓެއް 19 ވަނަ އަދި 20 ވަނަ މަޖިލީހާ ހިއްސާކޮށްފައި އެބަހުއްޓެވެ. މި ރިޕޯޓުގައި މިހާރުގެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކާއި ހަނިކަންތައްތައް ފާހަގަކޮށް، އެކަންކަމަށް ގެންނަންޖެހޭ ގާނޫނީ ހައްލުތައް ހިމަނާފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ މި ރިޕޯޓުގެ އަލީގައި އެސެޓް ޑިކްލަރޭޝަންގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް އިތުރަށް ފުރިހަމަ ކުރެވިގެން ދާނެކަމަށެވެ. މި ރިޕޯޓުގައި މިފަދަ ނިޒާމެއްގައި ހުންނަންޖެހޭ މައިގަނޑު އުންސުރުތަކާއި، އަދި ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބެމެ މާލީ ބަޔާން ހުށަހަޅަން ނުޖެހޭ ބައެއް ފަރާތްތަކުގެ ފުރިހަމަ ލިސްޓެއް ވެސް ހިމަނާފައިވެއެވެ.

މިކަމުގެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އާއި، ޓެކްސްއާ ގުޅޭ އިދާރާތަކުގެ ވެރިންފަދަ މުހިންމު މަޤާމުތައް ހިމެނެއެވެ.

ޝަމްހީދު ވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ހުރި ލޫޕްހޯލްތައް ބަންދުކޮށް، ދިވެހިރާއްޖޭގައި އަށަގެންފައިވާ ކޮރަޕްޝަން ނައްތާލެވޭނެ ގޮތްތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި އެކަމަށްޓަކައި، ބޭނުންވާ ގާނޫނުތައް ވީހާވެސް އަވަހަކަށް ގެނައުމަށް ވެސް ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: