ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާއެއް އަންނަ ހަފްތާގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއް އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގާތްވެފައި ވަނިކޮށް، ޕީއެންސީގެ ހަރުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 14 ވާ ހުކުރު ދުވަހުގެރޭ 20:20 ގައެވެ. މި ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގަ އެވެ.
އެންމެ ފަހުން ޕީއެންސީގެ ޖަލްސާއެއް ބޭއްވީ، މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޖަލްސާގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ.
އަންނަ ހަފްތާގައި ބާއްވާ ޖަލްސާ ދިމާވަނީ، ސަރުކާރަށް ދެ އަހަރު ފުރުމާއިކަމަށްވުމާއި އެކު ޖަލްސާގެ ކަންކަން ކުލަގަދަކޮށް ކުރިޔަށް ގެންދާނެކަމަށް ބެލެވެ އެވެ.
މީގެއިތުރުން މި ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި، ކާމިޔާބީތައް ފާހަގަކުރުން އޮންނާނެ އެވެ.

