ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްދަރު ހާމަކުރުމާއި ގުޅޭ އިތުރު ހާލަތްތައް ބަޔާންކޮށް ހެއްކާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުތައް މަޖިލީހަށް ބަލައިގަނެފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްދަރު ހާމަކުރުމާއި ގުޅޭ އިތުރު ހާލަތްތައް ބަޔާންކޮށް ހެއްކާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ. މި ބިލު މަޖިލީހަށް ހުށައެޅުއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމްއެވެ.

ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުން މި ބިލު ވަނީ މަޖިލީހަށް ބަލައިގަނ ކޮމެޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ހެއްކާބެހޭ ގާނޫނުގައި އެކުލެވޭ ބައެއް އުސޫލުތަކާއި ގުޅިގެން ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި، ނިޒާމު އިތުރަށް ފުރިހަމަކުރުމެވެ. އަދި ގާނޫނުގައި ހެއްކާއި ގުޅިގެން ހިމަނަންޖެހޭ އިތުރު އުސޫލުތަކާއި، އިޖުރާއަތްތައް ކަނޑައެޅުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، މި ބިލުގެ މުހިންމު އެއް ބޭނުމަކީ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތުދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އޮތް ގޮތުން ނޫސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމެވެ. މިހާރުގެ ގާނޫނުގައި ބުނާ ގޮތުން، މައުލޫމާތު ދިން ފަރާތުގެ ރުހުމާ ނުލައި އެފަރާތް ހާމަކުރުމަށް ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތްކުރާ ތަނަށް މަޖުބޫރު ނުކުރެވޭނެއެވެ. ނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ވަކި ހާލަތްތަކެއްގައި މަސްދަރު ހާމަކުރުމަށް އެންގިދާނެއެވެ.

އިސްލާހުގައި ބަޔާންކުރާ ގޮތުން، ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން އެނގޭނަމަ، އަދި ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތްނަމަ، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށް ވުރެ އާއްމު މަސްލަހަތު މާބޮޑު ހާލަތެއްނަމަ، ނުވަތަ މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތުކުރެވޭ ފަރާތަކަށް ނާއިންސާފު ހުކުމެއް ލިބުމުގެ ފުރުސަތު ބޮޑުނަމަ، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ހައިކޯޓަށް އަމުރެއް ނެރެވިދާނެއެވެ. މިފަދަ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

މި ބިލުން ހެއްކާބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ކިތާބީ ހެއްކާއި، އިލެކްޓްރޯނިކް ހެއްކާއި، މާއްދީ ހެއްކާއި އަދި އިވުނު ކަމަށް ބުނާ ހެއްކާބެހޭ އުސޫލުތަކަށް ބަދަލުތައް ގެނައުން ހިމެނެއެވެ. އަދި ހެކިބަސް ނެގުމާބެހޭ އުސޫލުތަކާ ގުޅިގެން ބައެއް އިސްލާހުތައް ހުށަހެޅުމާއި، ނޫސްވެރިކަމުގެ އިމްތިއާޒާ ގުޅޭ އުސޫލުތަކަށް މުހިންމު އިސްލާހުތައް ގެނައުމުގެ އިތުރުން އަލަށް ތައާރުފުކުރެވޭ ކާކުކަން އަންގައިދޭ ހެއްކާއި ޒާތާގުޅޭ ހެކީގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުން ހިމެނެއެވެ. މި އިސްލާހުތަކުގެ ސަބަބުން ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، ހެކި ބަލައިގަތުމުގެ އުސޫލުތައް ޒަމާނާ އެއްގޮތަށް ބައްޓަންވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: