ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްސަސާތަކުގެ ޑަބަލް ޕެންޝަންގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އަހަރުތަކެއް ފަހުން ލިބޭނެ ގެއްލުން ބޮޑު: ނިޔާޒީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވާހަކަ ދައްކަވަނީީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން ސްކީމުގެ އުސޫލުތަކާ ޚިލާފަށް ބައެއް މުއައްސަސާތަކުން އަމިއްލަ ގަވައިދެއްގެ ތެރެއިން ނުވަތަ ގާނޫނެއް ފާސްކުރުވައިގެން ”ޑަބަލް ޕެންޝަން“ ދިނުމަކީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް ކުރިމަތިކުރުވާނެކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅުން ހުރި މަސައްކަތްތަކަށް، ކޮމިޓީން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ބައްދަލުކޮށްފަ އެވެ.

ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސައްކަތްތަކެއް ވެސް ކުރިޔަށްދާއިރު، މިކަމާއި ބެހޭ ގޮތުން މެމްބަރުން ނިޔާޒީގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރި އެވެ. ޖަވާބުގައި ނިޔާޒީ ވަނީ  ދައުލަތުގެ ޕެންޝަން ނިޒާމުގެ ދެމެހެއްޓެނިވި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މި ނިޒާމުގައި ދިގުދެމިގެންދާނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ، މިހާރުން މިހާރަށް އިސްލާހުތަކެއް ގެނައުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިޔާޒީ ވިދާޅުވީ، 2010 ވަނަ އަހަރު ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ޕެންޝަން ނިޒާމު ހަރުދަނާކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގާފައިވާނެ ކަމަށެވެ. އޭރުއްސުރެ އަމަލުކުރަމުން އައިސްފައިވަނީ ”ޑިފައިންޑް ބެނެފިޓް ސްކީމް“ އަށް ކަމަށާއި، ނަމަވެސް މި ސްކީމަކީ އޭގެ ޒާތުގައި ދެމެހެއްޓެނިވި ނިޒާމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ވަރަށް މުއްސަދި ގައުމުތަކުގަވެސް ޔޫރަޕްގެ ގައުމުތަކުގަވެސް ޑިފައިންޑް ބެނެފިޓް ސްކީމްތައް ތައާރަފްކޮށްގެން ސަސްޓެއިން ނުކުރެވިގެން އެންމެފަހުން އެ ގައުމުތަކުގަވެސް މި ކޮންޓްރިބިއުޓަރީ ސްކީމަކަށް މި ބަދަލުކުރީ.. އެހެންވީމަ އުސޫލެއްގެ ގޮތުން އެ ދައުލަތުގެ ހަރަދުތައްވެސް ހަމަޖެހޭނެކަމަށް މި ބެލެވެނީ މި ކޮންޓްރިބިއުޓަރީ ސްކީމަކުން.. އަޅުގަނޑުމެންނަށް ވަރަށް ކްލިއާކޮށް އެބަ އިނގޭ މި އެސްޓިމޭޓްސްތަކާ ޕެންޝަން އޮފީހުގެ އެސްޓިމޭޓްސްތައް ބަލާލާއިރުގަ. ޑަބަލް ޕެންޝަން ބެނިފިޓް ހިންގާކަމަށް ވާނަމަ ހަމަ މީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގަ ބަޖެޓުގަ ވަރަށް ބޮޑު އަދަދެއް ދާނެކަން.

ޕެންޝަން ޕްރޮޖެކްޓްގެ ދަށުން ކުރިން ޕެންޝަނަށް ދޭންޖެހޭ އަދަދު ކަނޑައަޅާފައި ވިޔަސް، ވަކި ހިސާބަކުން ބައެއް މުއައްސަސާތަކުން އެ ތަންތަނުގެ ގާނޫނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެންނާއެކު ޕެންޝަން ސްކީމުގެ ބޭރުން އިތުރު ޕެންޝަން ދެމުންދާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ. އަދި މި ކަމާ ބެހޭ ގޮތުން އެއް ރިޕޯޓް އޭނާ ހައްދަވާފައިވާ ކަމަށާއި، އިތުރު ދެވަނަ ރިޕޯޓެއްގެ މަސައްކަތްތައް ކުރަމުންދާކަމަށް ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި ޕެންޝަން ސްކީމްތަކަކީ ދެމެހެއްޓެނިވި އެއްޗެއް ނޫނެވެ. ނަމަވެސް އަވަށްޓެރި ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖޭގެ އަސާސީ ޕެންޝަން ރަނގަޅު މިންވަރެއްގައި ދެވެމުންދާކަމަށް ނިޔާޒީ ވިދާޅުވި އެވެ. މި ހުރިހާ ކަމެއް ދެމެހެއްޓެނިވި ހާލަތަކަށް ބަދަލުކުރުމަށްޓަކައި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީ، ކުރިއަށް ދެވޭނެ ގޮތެއް ހޯދުމަށް ޖެހިފައިވާކަމަށް ނިޔާޒީ ވިދާޅުވި އެވެ.

އެގޮތުން ޕެންޝަން އޮފީހުގެ އެސްޓިމޭޓްސްތައް ބަލާލާއިރު، ޑަބަލް ޕެންޝަން ބެނެފިޓް ހިންގާ ނަމަ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގަ ބަޖެޓުން ބޮޑު އަދަދެއް އެކަމަށް ހަރުދުވާނެކަން ފާހަގަކޮށް ނިޔާޒީ ވިދާޅުވީ ރަނގަޅު ރީފޯމްއެއް ގެންނަން ޖެހޭ ސަބަބަކީ މިއީ ކަމަށެވެ.

2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އޭރު އެކަމާއި ގުޅޭ މަސައްކަތްތައް ހިމަނާފައި ހުއްޓެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ މައުލޫމާތުތައް އޮޅުން އަރައި، އެކި ގޮތްގޮތަށް ފެތުރެން ފެށުމުން ވަކި ހިސާބަކުން ޑަބަލް ޕެންޝަންގެ ވާހަކަތައް މަޑުޖެހުނެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި، މި މައްސަލަ ހައްލު ކުރުމާއި ބެހޭ ބައިތަކެއް ހިމަނާފައި ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: