ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭގެ ޖަލްސާގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވި: ރައީސް

ދިވެހިންގެ ރާއްޖެ - ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

”ދިވެހިންގެ ރާއްޖެ“ ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދާ ޖަލްސާގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރުވުމާއި ގާތްވެފައި ވަނިކޮށް، ބާއްވާ މި ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ އާޓިފިޝަލް ބީޗުގަ އެވެ. އަދި މި ޖަލްސާގައި ޕީއެންސީގެ ލީޑާޝިޕާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ޖަލްސާގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރިޔާސީ ހަޔާތުގައި ބޭއްވުނު އެންމެ ގިނަ މީހުން ބައިވެރިވި ބައްދަލުވުމަކީ މިއީ ކަމަށެވެ. އަދި އެކަން ފާހަގަކުރައްވައި، ޖަލްސާގައި ބައިވެރިވުމަށް އެކި ސަރަހައްދުތަކުން އައި ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފަ އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަނީ، ވެރިކަމުގެ ހުވާގައި އޮތް ގޮތަށް ވައުދުތައް ފުއްދުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ކޮންމެ ވައުދެއް، ކޮންމެ ސިޔާސަތެއް އެކުލެވިގެންވަނީ ތިން ސިޔާސަތެއްގެ މައްޗަށް ކަމަށާއި، އެއީ ރައްޔިތުންނަށް ހަމަޖެހުން، ސަލާމަތް އަދި ތަރައްގީ ގެނައުންކަމުގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކީ މާތްވެގެންވާ އިސްލާމް ދީނަށް ނަސްރު ދިނުންކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފަހުރުވެރި އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށާއި، މިސްކިތްތައް ބިނާ ކުރުން، ގުރުއާނާ ބެހޭ މަރުކަޒުތައް ހެދުން، ވަގުފު އުފެއްދުން، އަދި ފަގީރުން ހައްޖަށް ގެންދިއުން ކަމުގައި ވިޔަސް، އިސްލާމް ދީނަށް ހިދުމަތް ކުރުމަކީ މި ސަރުކާރުން އަމަލީ ގޮތުން ތަންފީޒު ކުރަމުންދާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: