ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ބުނެވޭނެ ފަނޑިޔާރެއް ނުހުންނާނެ: ރައީސް

ދިވެހިންގެ ރާއްޖެ - ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޝަރީއަތެއް ކުރިޔަށް ގެންދިއުމަށް އިރުޝާދު ދިންކަމަށް އެއްވެސް ފަނޑިޔާރަކަށް ނުބުނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

”ދިވެހިންގެ ރާއްޖެ“ ނަމުގައި މިރޭ ޕީއެންސީ ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ވެސް، ފުއްދަވާނެކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުން އެމަނިކުފާނުގެ ފަރާތުން އެންމެ ބޮޑު އެދިވަޑައިގަތީ މިނިވަން ޝަރުއީ ނިޒާމެއް އޮތުން ކަމަށެވެ. އަދި މިވީ ދެ އަހަރުގެ ތެރޭގައި މި ދާއިރާ ހިންގާފައި ވަނީ މިނިވަންކަމާއި އެކު އެއްވެސް ނުފޫޒެއް ނެތިކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް މިސަރުކާރުން ނުފޯރުވާނެ ކަމަށާއި، އެއީ މިސަރުކާރުން ކުރާނެކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝަރުއީ ދާއިރާގެ ބޭފުޅުން އަދްލުވެރިކަމާއެކު ޝަރުޢީ ދާއިރާ ހިންގުން ވަރަށް މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަދުލުވެރިކަން ގާއިމުވެފައި އޮންނަން ޖެހޭކަމަށެވެ.

އަޅުގަނޑުމެން މި ސަރުކާރުން ހަގީގީ މާނައިގަ ޝަރުއީ ދާއިރާ މިނިވަންކޮށްދެނީ. ޝަރުއީ ދާއިރާއަކަށް އެއްވެސް ނުފޫޒެއް މި ސަރުކާރުކުން ނުފޯރަވާނެ… އެއްވެސް ފަނޑިޔާރަކު ނުހުންނާނެ މިއަދާ ހަމައަށް އައި އިރުގައިވެސް ތެދުވެ ވަޑައިގެން ވިދާޅުވެވޭނެ މިސަރުކާރުން ނުފޫޒު ފޯރުވީއޭ

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ފަނޑިޔާރުން އެއްވެސް ރިޝްވަތަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ. މިގޮތަށް ޝަރުއީ ދާއިރާ މިނިވަންކޮށް، އިންސާފުވެރިކަމާއެކު ހިންގުމުން މި ގައުމުގައި ހަމަޖެހުން ގާއިމުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމު ކުރުމަށް ދިވެހި ހުރިހާ ރައްޔިތުން ބޭނުންވާކަމަށް ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ ތިން ބާރު އެކުގައި، އެއް މިސްރާބަކަށް، ގައުމުގައި ހަމަޖެހުން ގާއިމްވެގެންދާ ގޮތަށް ދިއުމުން، ރައްޔިތުން ބޭނުންވެފައި ތިބި ކަންތައްތައް ހާސިލު ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: