ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގެ ވެރިކަމުގައި އެއްވެސް މީހަކާއި މެދު ތަފާތު ކުރުމަކީ އޮތް ”ޗޮއިސްއެއް“ ނޫން: ރައީސް

ދިވެހިންގެ ރާއްޖެ - ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށާއި، ނަމަވެސް ގާނޫނުގެ ވެރިކަމުގައި އެއްވެސް މީހަކާއި މެދު ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ބަދަލު ހިފުމުގެ އެއްވެސް ރޫހެއް ނުގެންގުޅޭނެ ކަމަށެވެ. އަދި ގާނޫނުގެ ވެރިކަމުގައި، އެއްވެސް މީހަކު ތަފާތު ނުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް މީގެކުރީން ވެސް ދެއްވާފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ސަބަބަކަށްޓަކައި، ނުވަތަ ވަކި މަގްސަދެއް ހާސިލު ކުރުމުގެ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރުކޮށް ޖަލަށް ނުލާނެކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ދެއަހަރު ތެރޭގައި އެއްވެސް ދިވެހި ރައްޔިތަކު ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ނުވާއިރު، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަންޒަރެއް މި ސަރުކާރުން ނުފެންނާނެ އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލުތަފާތުވުމުގެ ސަބަބުން، ބައެއް ފަރާތްތަކަށް ޖަލުގައި ތިބެން ޖެހުނު ދުވަސް މާޒީވެގޮސްފައިވާކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރާ ގޮތުގައި، ގައުމަށް ހަމަޖެހުމެއް އަންނާނީ، ބަދަލުހިފުމުގެ ނުބައި ވިހަ އޮޔެވަރު ނައްތާލެވިގެން ކަމަށެވެ.

އެހެނެއް ނޫން. ޝަރުއީ ދާއިރާއަށް އެ އޮތް އުސޫލުން ޤާނޫނު ތަންފީޒު ކުރުމާއި ޤާނޫނުގެ ވެރިކަން މި ރާއްޖޭގައި ހިނގާނެ. އެއްވެސް މީހަކަށް ގާނޫނުގެ ވެރިކަމުގައި ތަފާތެއް ނުވާނެ… އެންމެން ހަމަހަމަ ވާނެ… ގާނޫނުގެ ވެރިކަން ހިންގުމުގައި އަޅުގަނޑަކަށް އޮތް ޗޮއިސް އެއް ނޫން ތަފާތު ކުރުމަކީ… އަދުލުވެރި ވެރިކަމެއްގައި އޮތް ޗޮއިސްއެއް ނޫން އޭނައާއި މީނައާއި، އަނެކަކާއި ތަފާތު ކުރުމަކީ ގާނޫނުގެ ވެރިކަމުގައި. އެކަން ތަންފީޒު ވާނެ ކޮންމެ މީހަކަށްވެސް. ސިސްޓަމް އެޕްލައި ވާނެ ކޮންމެ މީހަކަށްވެސް… އެކަމުގައި ދޫދިނުމެއް، އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން… އެއީ އަދުލުވެރިކަން ދޫކޮށްލުން އެކަން އަޅުގަނޑު ކޮށްފިއްޔާ… އެކަމެއް ނުކުރާނަން.. އެކަމަކު ސިޔާސީ ގޮތުން ބަދަލެއް ނުހިފާނަން…

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ސިޔާސީ ވެރިން ހައްޔަރުކޮށް ޖަލަށްލާން ބޭނުންކުރި ގޮޅިތައް މިހާރު ހުރީ ހުހަށެވެ. އަދި ސިޔާސީ ގޮތުން ބަދަލު ނުހިފާނެތީ އެތަނަށް ލާނެ މީހަކު މިހާރަކު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ގާނޫނު ތަންފީޒުކުރުމާއި ޝަރުއީ ދާއިރާގެ އުސޫލުން ގާނޫނުގެ ވެރިކަން މި ރާއްޖޭގައި ހިނގާނެކަމަށާއި، އެއްވެސް މީހަކަށް ގާނޫނުގެ ވެރިކަމުގައި ތަފާތު ކުރުމެއް ނޯންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އަދުލުވެރި ވެރިކަމެއްގައި ވަކި މީހަކާއި މެދު ތަފާތުކުރުމެއް ވެސް ނުގެންގުޅެވޭނެ ކަމަށެވެ. އަދި ގަވައިދުތަކާއި، އުސޫލުތައް ކޮންމެ މީހަކަށް ވެސް ހިނގާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: