ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ ސިޔަސަތަކީ ނިކަމެތި ހާލަތައް ނިމުމެއް ގެންނާނެ ފަދަ ވަރުގަދަ ސިޔާސަތެއް: މުއްތަބިލް

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތައް ނިމުމެއް ގެންނާނެ ފަދަ ވަރުގަދަ ސިޔާސަތެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެވެސް އުންމީދަކީ އަމިއްލަ ބޯހިޔާވަހިކަމެއް ލިބި އަބުރުވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުން ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ އެތައް ހާސް ރައްޔިތުނެއްގެ އެ އުންމީދު ހާސިލުކޮށްދިނުމަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ ދެ މޮޑެލް

މި ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ދެ މޮޑެލްގެ ދަށުން މަސައްކަތްކުރާނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އެގޮތުން، ބޭންކުތަކުގެ ތެރެއިން މޯގޭޖް ފައިނޭންސް ލިބޭނެފަދަ ތަނަވަސްކަން ހުރި މެދުފަންތީގެ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާދިނުމަށް އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ތެރެއިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ބޭންކް ފައިނޭންސް ހޯދޭނޭ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެން-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫޢުތައް ހިންގޭނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ”މިރޭ މި އިއުލާންކުރެވޭ 7500 ހައުސިން ޔުނިޓަކީ މި ދެންނެވި ރެން-ޓު-އޯން މޮޑެލްގެ ދަށުން ދެވިގެންދާނެ ޔުނިޓުތަކެއް.“ ކަމަށެވެ. މިއަދާ ހަމައަށް ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާއިލާތައް އެބަތިބިކަން ފާހަގަކުރައްވައި މުއްތަލިބް ވަނީ މި ސިޔާސަތުގެ ތެރެއިން ފޯރުންތެރިކަން ހުރި މީހުންނަށް ރިއަލް އެސްޓޭޓު މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. މި ސަރުކާރުގެ ޒިންމާއަކީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާއިލާތަކަށް މި ސިޔާސަތުގެ ދަށުން އިސްކަން ދިނުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: