ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ތާރީހީ ބަޖެޓެއް، ދަރަނި ދެއްކުމަށް މީގެ ކުރިން އެއްވެސް އިސްކަމެއް ދީފައި ނެތް: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނޫން އިތުރު އެހެން އެއްވެސް ވެރިކަމެއްގައި ދައުލަތުގެ ދަރަނި ދެއްކުމާއި ގުޅޭ ޕްލޭންތައް އެކުލަވާލައި އެކަމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއްކޮށްފައި ނެތްކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ ވިދާޅުވެއްޖެ އެވެ.

ހުސްނީ މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ހުސްނީ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ސަރުކާރުތަކުން އިހުމާލުވެ ދޫކޮށްލާފައިވާ ކަންކަމަށް ވަރަށް ބޮޑަށް އަޅާލައި، އެކަންކަމަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިހާ ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ބަޖެޓު ކުރެވިގެންދާ ބަޖެޓެއްކަމަށް ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ މިއީ މި ސަރުކާރުން އުފައްދާފައިވާ ދަރަންޏެއް ނޫން ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ދަރަނި ދެއްކުމަށްޓަކައި 9 ބިލިއަން ރުފިޔާ މި ބަޖެޓުގައި ހިމަނާފައިވާކަމަށް ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ ދައުލަތުގެ ޖުމްލަ ބަޖެޓު 56 ބިލިއަން ރުފިޔާގައި ހިމެނެއިރު، އޭގެތެރެއިން 47.2 ބިލިއަން ރުފިޔާއަކީ ތަރައްގީގެ މަޝްރޫއުތަކަށާއި، ދައުލަތުގެ ހަރަދުތަކަށް ކަނޑައެޅިފައިވާ އަދަދެކެވެ.

މީގެއިތުރުން އާމްދަނީގެ ގޮތުގައި 40.37 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފާކަމަށް ހުސްނީ ވިދާޅުވި އެވެ. މި ކެޕިޓަލް ހަރަދުގެ ތެރެއިން 3.81 ބިލިއަން ރުފިޔާ ބިން ހިއްކުމާއި އިމާރާތް ކުރުމަށް ހަރަދުކުރެވޭއިރު، އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް އެކަނިވެސް 4.5 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ހުސްނީ ވިދާޅުވި އެވެ.

މި ތާރީހުގެ ތެރޭގައި ލެވިގެންދާނެ ބަޖެޓެއް… ތާރީހީ ބަޖެޓެއް ގޮތުގައި މި ބަޖެޓުވާ އެއް ސަބަބަކީ މިއީ ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މިހާ ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ބަޖެޓު ކުރެވިގެންދާ ބަޖެޓެއް.. މީ މި ސަރުކާރުން އުފައްދާފައިވާ ދަރަންޏެއް ނޫން…

މިއީ އުންމީދީ ބަޖެޓެއްކަމަށް ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ މި ބަޖެޓުން ގައުމީ ތަރައްގީއަށް ގިނަ ކަންކަން ހާސިލުކުރެވޭނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ދަރަނި ދައްކަމުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، އާ މަޝްރޫއުތައް ފަށާފައިވާކަން އެއީ ދެބަސްވެވޭނެކަމަށް ނޫންކަމަށް ހުސްނީ ވިދާޅުވި އެވެ.

މި ބަޖެޓުން އެންމެ ބޮޑަށް ފާހަގަކުރެވޭ ދާއިރާތަކަށް އިޝާރާތް ކުރައްވައި ހުސްނީ ވިދާޅުވީ، ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމަށް ހަމަޖެހިފައިއޮތުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އެގޮތުން ޖުޑިޝަރީގެ ސެކްޓޯރިއަލް ގްރާންޓްގެ ގޮތުގައި 838.8 މިލިއަން ރުފިޔާ ކަނޑައެޅުން ތާރީހުގައި ލިޔެވިގެންދާނެކަމަށް ހުސްނީ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، މުވައްޒަފުންގެ މުސާރައަށް ބަދަލުތައް ގެނެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހުސްނީގެ ވާހަކައިގައި ހަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ ކުރީގެ ރައީސުންނަށް ދެމުންދާ މާލީ އިނާޔަތްތަކުގެ ސަބަބުން މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތަކުގައި އުޅެނީ ކޮން ރައީސުންނެއްތޯ ބަލައި، މިހާރު ދެމުންދާ އިނާޔަތްތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: