ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަށް ވީ ތަދުގެ ބަދަލު ހޯދައިގެން އެމްޑީޕީއަށް ކުރިއެރުމެއް ނުލިބޭނެ، އިސްކުރަންވީ ގައުމު: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަތިގަނޑެއްގެ ގޮތުގައި އެއްބައިވަންތަކަމާއި އެކު ކުރިޔަށް ދާން މަސައްކަތް ކުރާއިރު، ލިބުނު ގެއްލުމާއި ނާކާމިޔާބީގެ ބަދަލު ހޯދުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ލިބޭނެ ކުރިއެރުމެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ސިއްރު ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ޗެއާޕާސަންކަމުން ފައްޔާޒް އިސްތިއުފާ ދެއްވީ އަންނަ އަހަރު ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށެވެ. 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް މިހާތަނަށް އެމްޑީޕީގެ ތެރެއިން މީޑިއާތަކަށް ރަސްމީކޮށް އިއުލާނު ކުރައްވާފައި ވަނީ ފައްޔާޒް އެކަންޏެވެ. އިތުރު އެހެން ބައެއް ބޭފުޅުން ވެސް ޓިކެޓަށް ޝައުގުވެރިކަން ހުރިކަމަށް ވާހަކަ ދެކެވި، ނޫސްވެރިން ސުވާލު ކުރުމުން ވެސް އެބޭފުޅުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ކުރީ ސަރުކާރުގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ބައިބައިވުންތައް، އިތުރު އެހެން މައްސަލަތަކާއި އެކު ބޮޑުވެފައިވާކަމަށް ވާހަކަތައް ދެކެވެ އެވެ. އެގޮތުން ފައްޔާޒް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތީ، ލީޑާޝިޕްގެ އެހެން ބޭފުޅުން ޕާޓީގެ އެކި ހަރަކާތްތަކުގައި ބައިވެރިނުވާކަމާއި ގުޅުން ގޯސްކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ޕާޓީގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން ފައްޔާޒް ވާހަކަ ދައްކަވާފައި ވަނީ، ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިންނެވެ. ފައްޔާޒް ވިދާޅުވީ ގޮތުގައި ލިބުނު ގެއްލުންތަކާއި، ނާކާމިޔާބީގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތްކަން ސިޔާސީ ލީޑަރުން ވިސްނަން ޖެހޭކަމަށެވެ. އަދި އަބަދުވެސް އެބޭފުޅުން އިސްކުރަންވީ، ގައުމާއި ރައްޔިތުންކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ”ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ދިވެހިރާއްޖެއަށް ކުރިއެރުމެއް ނުލިބޭނެ“ ކަމަށާއި، ސިޔާސީ ލީޑަރުން އެކަހަލަ އިހުސާސްތަކުގެ މައްޗަށް، ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ކަމަށެވެ.

މިކަންކަން ހައްލުކުރުމަށް އަޅުގަނޑު މަސައްކަތް ކުރަމުން މިއައީ މި ދެންނެވިހެން މައިގަނޑުކޮށް އަޅުގަނޑު ޗެއާޕާސަން ކަމުގައި މަސައްކަތްކުރީ އަޅުގަނޑުމެންގެ ތެރޭގައި ސްޕްލިޓް އެއްކުރުންގެ މަސައްކަތް. އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ ސްޕްލިޓް ރަނގަޅަށް އެއްވެގެންކަން އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެވޭނީ… އަޅުގަނޑުމެންނަށް ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަކަށެއް ކުރިއެރުމެއް ދިވެހިރާއްޖެއަށް އަޅުގަނޑަކަށް ނުފެނޭ… ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެންޖެހޭނެ ބައެއް. އެ އިހުސާސްތަކުގެ މައްޗަށް އަރާ ގައުމާ ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަންޖެހޭ ބައެއް..

ފައްޔާޒް ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާނެކަމަށް ރަސްމީކޮށް އިއުލާނު ކުރިކަމަށާއި، އިތުރު އެހެން ބޭފުޅަކު ރަސްމީ ގޮތެއްގައި އެ ޝައުގުވެރިކަން ހާމަކޮށްފައި ނެތްކަމަށެވެ. ފައްޔާޒް ވިދާޅުވީ ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ، ބައެއް މަސައްކަތްތައް ޕާޓީގެ ތެރޭގައި ކުރިޔަށް ގެންދިއުމަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވެފައިވާކަމަށެވެ. އޭގެ ސަބަބަކީ ޕާޓީގެ ތެރޭގައި ކުރާ ކޮންމެ މަސައްކަތެއް އެއީ، އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް ލިބޭނެކަމެއްގެ ގޮތުގައި ޓިކެޓަށް ޝައުގު ހުރި އެހެން ބޭފުޅުން ދެކޭތީކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ނަތީޖާއެއްގެ ގޮތުގައި އެބޭފުޅުންތައް ޕާޓީގެ އެކި ކަންކަމުގައި ފަހަތަށް ޖެހި، މަސައްކަތްތަކަށް ހިޔަނި އެޅުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުމާއި، ހިޔާލުތަފާތުވުންތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ އެއީ އެންމެނަށް ވެސް ފެންނަން އޮތް މަންޒަރެއް ކަމަށެވެ. އެއާއި އެކު ޕާޓީގައި އަބަދުވެސް މަސައްކަތް ކުރެއްވީ، އެ ބައިބައިވުން ނައްތާލައި އެކަތިގަނޑެއްގެ ގޮތުގައި އެއްބައިވަންތަކަން ގާއިމުކުރުމަށްކަމަށް ފައްޔާޒް ވިދާޅުވި އެވެ. ކުރިޔަށް އޮތް އެކި ބޮޑެތި އިންތިހާބުތައް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ، އެންމެން އެއްބަސް ކިޔައި، އެއްކޮށް މަސައްކަތް ކުރުމުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މިހާރު ޕާޓީގެ ތެރޭގައި އޮތް ”ފިތުނަ“ ނައްތާލުމުގައިއާއި، ރައްޔިތުންނާއި އާންމު މެންބަރުންގެ ވިސްނުން ބަދަލުކުރުމުގައި ލީޑު ކުރަން ޖެހޭ ބަޔަކީ ގައުމީ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ ލީޑާޝިޕް ކަމަށެވެ. މިކަންކަން މިހެން ހުރުމާ އެކު، އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުމަށް ނިންމެވީކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: