ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދުންފަތާއިމެދު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކުށްތައް އިތުރުވާން ޖެހޭކަމަކަށް ގަބޫލެއް ނުކުރަން: ނާޒިމް

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދުންފަތާއިމެދު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކުށްތައް އިތުރުވާން ޖެހޭކަމަކަށް ގަބޫލު ނުކުރާ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިއަދު މަޖިލީހަށް ހާޒިރުކުރުމުން ސުވާލުކުރީ، ދުންފަތާއި ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ސީރިއަސް އެންޑް އޯގަނައިޒް ކްރައިމްތައް ވަނީ ވަރަށް ބޮޑަށް އާންމުވެފައިވާކަމަށް ފާހަގަކޮށެވެ.

ސަރުކާރުގެ ދެ މުވައްސަސާގެ ތެރޭގައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު އެމްޕީއެލްއިން ގެއްލިފައިވާކަމަށާއި، ފުލުސް އޮފީހުގައި ހުރި ސިގިރޭޓު ފޮށިތައްވެސް ގެއްލިފައިވާކަމަށް ސުވާލުގައި ފާހަގަކުރިއެވެ.

މިކަމުގެ ސަބަބަކީ ޖެނެރޭޝަނަލް ބޭންއެއް ގެނައުންތޯ މެންބަރު ސުވާލުކުރިއެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ސިނގިރޭޓު އެތެރެކުރުމުގައި، ދިވެހިންނާއި ބިދޭސީއިންނާއިދެމެދު ތަފާތުކުރުން ގެންގުޅޭކަމަށް ވާހަކަތައް ދެކެވޭކަމަށްވެސް ފާހަގަކުރިއެެވެ.

މިކަމާއިމެދު ކަސްޓަމްސްގެ ބޭފުޅުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ހެލްތް މިނިސްޓްރީއިން ހަދަން ޖެހޭ ގަވާއިދެއް ނަހަދާ އޮތުމުގެ ސަބަބުންވާކަމެއްތޯވެސް ސުވާލުކުރިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބައެއް ހާލަތްތަކުގައި އަންނަ ބަދަލުތަކަކީ އުނދަގޫތަކެއް ކުރިމަތިވާކަމެއްކަމަށެވެ. ނަމަވެސް ދުންފަތާއި ގުޅިގެން ސިޔާސަތުތަކެއް ތަންފީޒުކުރުމަކީ ކުށްތައް ކުރަން ޖެހޭ ސަބަބެއްކަމަށް ނުދެކޭކަމަށް ވިދާޅުވިއެވެ.

ބިދޭސީންނާއި ދިވެހިންނާއި ގުޅޭ ގަވާއިދުތައް ހަދާއިރު، ކަމާއި ގުޅުން ހުރި ފަރާތްތަކާއިއެކު މަޝްވަރާކުރާކަމަށް ވިދާޅުވިއެވެ.

ގަވާއިދުގައި ހުންނަ ފުށުއެރުންތަކުގެ ސަބަބުން ހައްލުކުރުމުގެ ކަންކަން ކުރާނެކަމަށް ވިދާޅުވިއެވެ. އަދި އާ ގަވާއިދެއް އަންނައިރު، ހިޔާލު ތަފާތުވުންތަކެއްވެސް ހުރެދާނެކަމަށް ވިދާޅުވިއެވެ.

މައްސަލައެއް ހުރިނަމަ ހައްލުކުރާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: