ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އާސަންދައިގެ ނިޒާމުގެ ތެރެއަށް ހިދުމަތްތައްވީ އިތުރު: ނާޒިމް

ހެލްތު މިނިސްޓަރު ނާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އާސަންދައިގެ ނިޒާމުގެ ތެރެއަށް ހިދުމަތްތައްވީ އިތުރުކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މީގެ ކުރީގައި އާސަންދައިން ލިބެމުން އައި އަސާސީ ބޭސްތައް ހޯދުމުގައި މިހާރު ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރިކަމަށް ފާހަގަކޮށް މި މައްސަލަ ހައްލުވާނެ ރިއަލިސްޓިކް ތާރީހެއް ދެއްވުމަށް މިނިސްޓަރުގެ އަރިހު މެމްބަރުން އެދިވަޑައިގެންނެވިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އާސަންދައިން ލިބެމުން އައި އެއްވެސް ބޭހެއް ދިނުން ހުއްޓާލާފައި ނުވާނެކަމަށެވެ. އަދި އާސަންދައިން ލިބޭ ބޭސްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ދުންފަތުން ދުރުހެލިވުމަށް މީހަކު ބޭސް ބޭނުންވެއްޖެ ހާލަތެއްގައި އެ ބޭސްވެސް މިހާރު އާސަންދައިން ހަމަޖެހޭނެކަމަށް ވިދާޅުވިއެވެ.

ފާޓިލައިޒިންގެ ހިދުމަތްވެސް ދާދި ފަހުން އާސަންދައިގެ ތެރެއިން ދޫކުރަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސާލަކަށް އަޅުގަނޑަށް މީގެ ކުރިން ދަންނަވައިފިން، ދުންފަތުގެ އިސްތިއުމާލުން މި ދުރުހެލިވާ މީހާ މި ބޭނުންވާ ބޭސް، އެންމެންނަކަށް ބޭހެއް ބޭނުމެއްވެސް ނުވާނެ. ބައެއް މީހުންނަށް ކައުންސިލިން ދީގެން މިކަން ރަނގަޅު ކުރެވޭނެ. އެކަމަކު، ބައެއް ހާލަތްތަކުގައި ބޭސް އެބޭފުޅަކަށް ކްލިނިކަލީ ޓްރީޓް ކުރަން ޖެހޭ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެދޭން ޖެހޭ ބޭސްވެސް އަޅުގަނޑުމެން އާސަންދަ ނިޒާމުގެ ތެރެއިން މިހާރު މި ވަނީ ދައުލަތުން ދޭން ފަށާފަ.

ނާޒިލް ވިދާޅުވިއެވެ.

އާސަންދަ ލިމިޓް ކުރުމާއި، ކުޑަކުރުމަކީ އެއްވެސް މިވަރަކަށް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިތުރަށް ކުރާނީ މި ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައްކަމަށެވެ.

ނަމަވެސް ބައެއް ބޭސްތަކުގެ ވަކި ބްރޭންޑެއް ހޯދުމަކީ ބައެއް ފަހަރު ދަތިވާކަމެއްކަމަށް ފާހަގަކުރެއްވިއެވެ. މިކަން ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ހަރަދެއް ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝޫރެންސް ސްކީމް ކަމަށްވާ އާސަންދައިން ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މިކަން ހާމަކުރެއްވީ ’ހަފްތާ 104‘ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްވި ޚިޠާބުގައެވެ. މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި، ޚާއްޞަކޮށް ނަފުސާނީ ދުޅަހެޔޮކަމަށް ދެވޭ އިސްކަން އިތުރުކުރުމަށް އަޅުއްވާފައިވާ ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ. މި ނިންމެވުމުގެ ސަބަބުން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ރައްޔިތުންނަށް ދިމާވާ މާލީ ގޮތުން ދިމާވާ ގިނަ ދަތިތަކަށް ލުއި ލިބިގެންދާނެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ.

ޞިއްޙީ އެހެނިހެން ބަލިތަކެކޭ އެއްފަދައިން، ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ އިންޝޫރެންސް ސްކީމްގެ ދަށުން ހަމަޖައްސައިދިނުމަކީ، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދެއްގެ ތެރެއިން ވާ ކަމެކެވެ. މި ނިންމެވުމުގެ ސަބަބުން، މާލީ ގޮތުން ދަތިކަން ހުރި ނަމަވެސް، އެއްވެސް ފަރާތަކަށް ފަރުވާ ހޯދުމަށް ހުރަސް އެޅިގެން ނުދާނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: