ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނާއި ރައީސް ޞާލިޙްގެ ސަރުކާރުގައިވެސް ބޭހަކަށް ނުޖެހޭ: ޝިފާޒް

އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަހުމަދު ޝިފާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައިސް އަބްދުﷲ ޔާމީން އާއި އަދި އިބްރާހިމް މުޙައްމަދު ޞާހިލްގެ ވެރިކަމުގައިވެސް ރައްޔިތުން ބޭހަށް ނުޖެހޭ ކަމަށާއި އެހެންނަމަވެސް މިހާރު އެމައްސަލަ ފެންމަތިވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުކުރަން ބާއްވާ ޖަލްސާތަކުގައި ރައްޔިތަކު މައްސަލައެއްގެ ވާހަކަ ބުނުމުން އެމީހަކަށް ރައީސް އޮފީހުން ގުޅާކަމަށެވެ. އަދި އެކަން ހައްލުކޮށްދޭ ކަމަށެވެ. އެހެންނަމަވެސް ކަން އޮންނަން ޖެހޭނީ އެހެން ނޫން ކަމަށައި، ވަކި ވަކި މީހުންގެ މައްސަލަތަކަށް ވުރެ ބޮޑަށް، ޖުމްލަ މައްސަލައަށް ހައްލެއް ގެންނަން ޖެހޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ބޭސް ނުލިބިގެން ޝަކުވާ ނުކުރާ އެންމެ ރެއެއްވެސް ނާންނަ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެސްޓީއޯއިން ބަރާބަރަށް ފޯރުކޮށްދެމުން ދިޔަ ބޭސް ނުލިބޭ ކަމުގެ ޝަކުވާ އަޑުއިވޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައިވެސް ބޭހަށް ނުޖެހޭ ކަމަށެވެ.

”އެންމެ ތަދުވީ ކޮވިޑް ތެރޭގައި. ކޮވިޑްް ތެރޭގައިވެސް ތިއިން ކަމަކާއި އަޅުގަނޑުމެން ތަޙައްމަލު ކުރާކަށް ނުޖެހޭ. މިހާރު ފަސް ބޭސް ހިމެނޭ ބޭސް ސިޓީއެއް އައިޖީއެމްއެޗް ކައިރީ ހުރިހާ ބޭސްފިހާރައެއް ކައިރީ ހިންގަވާ، ހަމަ ކުރެވޭތޯ. ނުވާނެ. އެއީ މި ދަންނަވާ ވާހަކައަކީ“

ޝިފާޒް ވިދާޅުވީ ބހިޔާވަހިކަމުގެ މައްސަލަ ފެށިގެން އައި އެއް ސަބަބަކީ ދަފްތަރެއް ހަދައި، އެ ލިސްޓު ބޮޑުވުން ކަމަށެވެ. ޝިފާޒް ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ދައުލަތުން ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެއީ އަސާސީ ހައްގެއް ކަމަށާއި އެކަން ގާނޫނު އަސާސީގައިވެސް ލިޔެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: