ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުޢީ ނިޒާމު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދެވޭނީ ހަމައެކަނި ރައީސް ޔާމިންއަށް!

ރައީސް އަބްދުﷲ ޔާމިން އަދި މެންބަރު އާދަމް ޝާރީފް އުމަރު... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާގޮތެއްގައި ކުރިއަށްގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމިން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ”ހިބަރު ވަދު“ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ޝަރިޢީ ނިޒާމްއޮތީ ހައިޖެކްޓްކޮށްފައި ކަމަށެވެ.

”ގުޅޭ ކުދިންނާއި އާއިލާ ކުދިންނާއި ނުފޫޒު ފޯރާ ހުރިހާ އެންމެން“ ވަދެ ނިޒާމު އެއްކޮށް ހިސޯރުކޮށްފިކަމަށާއި މިހާރު ދަނީ ޕެރެލައިޒްވަމުން ކަމަށެވެ. އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ޝާރުއީ ނިޒާމު ހަރުދަނާގޮތެއްގައި ކުރިއަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމިން ކަމަށެވެ.

”އަޅުގަނޑުމެން ދުށީމު ވަރަށް ރަނގަޅަށް ސިޔާސީ މައިދާނުގައި އެމަނިކުފާނު މަސައްކަތް ކުރެއްވިގޮތް. އަޅުގަނޑުމެން ދުށީމު ކޯޓު ރޫމުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވިގޮތް. އެމަނިކުފާނު ސާބިތުކޮށްދެއްވީ ޤާނޫނީ ވަކީލުންނަަށްވުރެ ބޮޑަށް އެމަނިކުފާނު މިއަދު ޤާނޫނީ ދާއިރާއިންވެސް ކުރި ހޯއްދަވައިފިކަން. މިއަދު ކޯޓު ތަކުގެ ފަނޑިޔާރުންނަށްވެސް އެނގި ވަޑައިގަންނަވާނެ އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫންކަން. އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ މުފައްކިރެއް ނޫންކަން. ހަމައެކަނި އިގްތިސާދީ ބޭފުޅެއްނޫންކަން. އެމަނިކުފާނަކީ ވަރުގަދަ ލޯޔަރެއްކަން. މިހުރިހާ ކަމެއް ފެނުނީމާ މިރޭ އަޅުގަނޑު ދަންނަވާނީ ޤާނޫނީ ހަމަތަކުގެ ދަށުން އެމަނިކުފާނު ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން“

 

މި ޤައުމުގެ ސިޔާދަތާއި މި ޤައުމުގެ ކަރާމާތާއި މިނިވަން ކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިރާއްޖޭގެ ޝަރަފު ދެމެހެއްޓަވައިދެއްވީތީ ރައީސް ޔާމިންއާއި މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ރައްޔިިތުންގެ ހައްގުގައި މަސައްކަތް ކުރެއްވި ހަމަ އެކަނި ރައީސް އަކީ ރައީސް ޔާމިން ކަމަށާއި އިސްލާމްދީނުގެ ހައްގުގައި އެމަނިކުފާނު މިއަދާއި ހަމައަށްވެސް ވެވަޑައިގަންނަވަމުންދާ ޤުރުބާނީއަކީ އެމްނިކުފާނައް ސެލިއުޓް ކުރުން ހައްގު ޤުރުބާނީއެއް ކަމަށް ވިދާޅުވިއެވެ.

ކަން މިހެން އޮތް އިރު މިއަދު އެމަނިކުފާނާއި މެދު ޒާތީ ތައައްސަބުން ފުރިގެންވާ ހަސަދަވެރިކަމެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވިސްނުންތޫނު ކަމަށާއި ޤާބިލްކަން އެނގުނު ވަރަކަށް އެބައިމީހުން ހަސަދަ އިތުރުވާ ކަމަށެވެ.

މިހުރިހާ ގޮންޖެހުންތަކާއި އެކުވެސް ރައީސް ޔާމިން ފަދައިން ސާބިތުކަމާއި ހަރުދަނާ ކަމާއި އެކު ވެރިކަން ކުރެވޭނެ އިތުރު ވެރިއަކު ނެތްކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: