ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރައީސަކަށް ނަޝީދު، ނައިބު ރައީސަކަށް ޝިފާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މިއަދު ބޭއްވި ލީޑަޝިޕް އިންތިޚާބު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް މިރޭ ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވީ ހަމައެކަނި ރައީސް ނަޝިދުކަމުން ފެންނަ ނުފެންނަ ވޯޓުގައި އެމަނިކުފާނު ވަނީ ފެންނަ ކަމަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައެވެ.

ވާދަވެރި ކެމްޕެއިންއަކަށްފަހު ޕާޓީގެ ނައިބު ރައީސްކަން ކާމިޔާބު ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒުއެވެ. މިހާތަނަސް ނަތީޖާ ދައްކާ ގޮތުން އަދި ނުގުނާ 20 ވަރަށް ފޮށި ހުރިއިރު ޝިފާޒު ވަނީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމަށްވުރެ ކުރި ހޯދާފައެވެ. އެގޮތުން 56 އިންސައްތަ ވަރު ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިންތިޚާބަށްފަހު، ގިނަ ބަޔަކު ދަނީ ރައީސް ނަޝީދަށާއި ޝިފާޒަށް މަރުޚަބާ ދަންނަވަމުންނެވެ. މިއީ ޕާޓީގެ ރައީސްކަމަށް ރައީސް ނަޝިދު އަދި ނައިބު ރައީސް ކަމަށް ޝިފާޒު އިންތިޚާބުވި ދެވަނަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: