ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްތާހު ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ މަޝްހޫރު ފިލްމީ ޑައިރެކްޓަރު ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ފައްތާޙް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ، އޭނާގެ ވަކިވެދިއުމުގެ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ފައްތާޙަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްاللهގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

ފައްތާޙް ނިޔާވީ އޭނާގެ އުފަން ރަށް ހއ. ކެލާގައި ހުއްޓައި ކުއްލިއަކަށް ދިމާވި ހާޓް އެޓޭކެއްގައި، ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކެލާ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް ދިއްދޫ ހޮސްޕިޓަލަށް ބަދަލުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ވަނީ ނިޔާވެފައެވެ. ނިޔާވިއިރު ފައްތާޙުގެ އުމުރަކީ 54 އަހަރެވެ.

ފިލްމީ ދާއިރާއިން ރިޓަޔާކުރުމަށްފަހު ފައްތާޙް ދިރިއުޅުން ބަދަލުކުރީ އުފަން ރަށް ކެލައަށެވެ. އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްވެސް އޭނާއަށް ވަނީ ލިބިފައެވެ.

ދިވެހި ފިލްމީ ދާއިރާގައި ފައްތާޙަކީ ފާހަގަކޮށްލެވޭ ފުންނާބު އުސް ޑައިރެކްޓަރެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ”ހައްދު“ އެވެ. އޭނާގެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި ”ހިމޭން ދުނިޔެ“، ”ވެހޭ ވާރޭ ތެރެއިން“، ”ވާ ލޯބި އެނގޭ ނަމަ“ އަދި ”އުދަބާނީ“ ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން ”ދޯޕައްޓާ“ އާއި ”ތިއޭ މިހިތުގެ ވިންދަކީ“ ފަދަ ޑްރާމާ ސިލްސިލާތަކަކީވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު އުފެއްދުންތަކެވެ.

ފައްތާޙް ވަނީ އޭނާގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެގޮތުން 2003 ވަނަ އަހަރުގެ ފިލްމު ”ވެހޭ ވާރޭ ތެރެއިން“ އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހާސިލުކޮށްފައިވާއިރު، 2004 ވަނަ އަހަރުގެ ފިލްމު ”އޭނާ“ އިން ވަނީ އެންމެ މޮޅު އެޑިޓިން އެވޯޑު ހާސިލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: