ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންޑޭ 390 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި!

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) --
ޝެއާރކޮށްލާ ކަހަލަދޯ؟

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 390 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.

ކޭ ޕާކް ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ މައްޗަށް ދައުލަތުން އުފުލި 94 ދައުވާއެއް ވަނީ ސާބިތުވެފައެވެ. އޭގެ ތެރޭގައި ޓެކުމުގެ 46 ދައުވާއަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއަކާއި، މަނީ ލޯންޑްރިންގެ ދައުވާއެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ ހިމެނެއެވެ.

އަދަބުތަކުގެ ތަފްސީލު

ކޯޓުގެ ހުކުމުގައިވާ ގޮތުން ޓެކުމުގެ ކޮންމެ ދައުވާއަކަށް 8 އަހަރުގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން އޮޅުވާލުމުގެ ދައުވާތަކަށް 14 އަހަރު، މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު އަދި ސައްހަ ނޫން ލިޔުން ދިނުމުގެ ކުށަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޖަލު ހުކުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ މަންޑޭ ހުޅުމާލެއިން ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް އަމުރުކުރައްވާފައެވެ. އަދި ފައިސާ ނެގި މީހުންނަށް އެ ފައިސާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖައިޝާންގެ މައްޗަށް 150 އަހަރުގެ ހުކުމެއް

މި މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ޖައިޝާން ސައީދުގެ މައްޗަށްވެސް ވަނީ ބޮޑު ހުކުމެއް އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުވި 86 ދައުވާއާ ގުޅިގެން 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭގެ ތެރޭގައި ޓެކުމުގައި ބައިވެރިވުމާއި، އޮޅުވާލުމާއި މަނީ ލޯންޑްރިންއަށް އެހީތެރިވުމުގެ ކުށް ހިމެނެއެވެ.

މި ހުކުމަކީ މީގެ ކުރިން ހުސައިން ޝިފާއުގެ މައްޗަށް އިއްވި 109 އަހަރުގެ ޖަލު ހުކުމުގެ ރެކޯޑް މުގުރާލި ހުކުމެކެވެ. ދައުވާތަކުގެ ގިނަކަމުން ހަމައެކަނި އަދަބު ކަނޑައެޅި މިންވަރު އިއްވަންވެސް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: