ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިއަދުގެ ވަގުތެއްގައި އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލެވެނީ އުމުރުން 25 އަހަރުވެފައިވެފައިވާ ދިވެހިންނަށެވެ.
މަގާމުގެ ޝަރުތުތަގެ ތެރޭގައި ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާއި ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިނުވާ މީހަކަށްވުމާއި އިންތިޚާބުކޮށްފައިވާ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން ހިމެނެ އެވެ.

