ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޝަހީމަށް ދައުވާ ކޮށްދިނުން އެދި ޕީޖީއަށް ފޮނުވައިފި

ޑރ. ޝަހީމަށް ދައުވާ ކޮށްދިނުން އެދި ޕީޖީއަށް ފޮނުވައިފި - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަފޮނުވައިފިއެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ވިދާޅުވީ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

https://twitter.com/DdcomMdv/status/1202099768463261696

މަރުގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބުނު މެސެޖެއްގައި ޑރ.އަފްރާޝީމް ރުޖޫއަވެ، މީޑިޔާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝިމް ދެކެ އަލުން އަނބުރާ ލޯބިވާނެ ކަމަށް ބުނެފައިވެއެވެ.  މި މެސެޖު  ޑރ.ޝަހީމްއަށް  ފޮނުވި ފަރާތެއް، ޑރ ޝަހީމް ރިޔާސީ  ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ބުނާގޮތުގައި ޑރ.ޝަހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫނެވެ. 

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖުލައި 28 ވަނަ ދުވަހު ޝަހީމު ލިޔުމުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވީ ދުވަހު އަފްރާޝީމް، އޭނާއާ ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީ އަށް ވަޑައިގެންނެވީ އޭނާގެ އެދުމަށް ނޫން ކަމަށް ޝަހީމު ވިދާޅުވެފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެ ދުވަހު ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ ސީދާ ޝަހީމުކަން އެނގެން އޮންނަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  އަފްރާޝީމް އަވަހާރަކޮށްލި ރޭގެ  ޓީވީއެމްގެ ޕްރޮގްރާމަށް އެރުމަށް އެދިލެއްވީ އޭނާ އަށް އެ ޕްރޮގްރާމަށް، އެރޭނެ ކަމުގެ ޔަގީންކަން ކޮން ފަރާތަކުން ދީގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޑރ ޝަހީމު ވިދާޅުވި ނަމަވެސް، އަފްރާޝީމް ޓީވީއެމްގެ ޕްރޮގްރާމަށް އެރުމުގެ ވާހަކަ އޭގެ ކުރިން ވެސް އެ ދެ ބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓީވީއެމްގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޝަހީމު ކަމާއި، އަދި އެ ޕްރޮގްރާމަށް އަފްރާޝިމް އަރުއްވަން ބޭނުންފުޅުވީ ކީއްވެގެންކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި، އެއީ ކުރީން އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވާންކަން އާންމުކޮށް އިއުލާން ކުރުމަށްކަން ޝަހީމަށް އެނގިވަޑައިގެންފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން  ޑރ އަފްރާޝީމް  ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ  އިސްލާމިކް މިނިސްޓްރީގައި ނޫސް ކޮންފަރެންސެއް ބާވައިދެއްވަން ޑރ ޝަހީމު ހުށަހަޅުއްވާފައިވާކަން ވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ސާފުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޑރ. ޝަހީމް ކުރައްވާ ތުހުމަތުތައް ދޮގުކުރައްވާ އޭނާ ވިދާޅުވީ ޓީވީ ޕްރޮގްރާމްއާއި ބެހޭގޮތުން ކޮމިޝަންއަަށް ދީފައިވާނީ ތެދު މައުލޫމާ ކަމަށެވެ. އަދި އަނިޔާވެރި ޢަމަލުތަކުން އެބޭފުޅާ އެއްކިބާވެފައިވާ ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ ކަމަށް ވިދާޅުވިއެވެ.

އަފްރާޝީމްގެ މައްސަލާގައި ޑރ. ޝަހީމްގެ އިތުރުން ސަލަފް ޖަމާއަތަށްވެސް ވަނީ ބޯޑެތި ތުހުމަތުތަކެއްކޮށްފައެވެ. ސަލަފް އުވާލާ ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: