ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ކުރަނީ މަސައްކަތައް ހުރަސް އަޅާ ސިޔާސީ ހަޔާތް ދުއްވާލުމަށް – ޑރ.ޝަހީމް

ދައުވާ ކުރަނީ މަސައްކަތައް ހުރަސް އަޅާ ސިޔާސީ ހަޔާތް ދުއްވާލުމަށް - ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުވާ ކުރަނީ އެމަނިކުފާނުގެ މަސައްކަތައް ހުރަސް އަޅާ ސިޔާސީ ހަޔާތް ދުއްވާލުމަށް ކަމަށް ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ރިޔާސީ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވާތީއެވެ.

ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައަކީ އެމަނިކުފާނާއި އެއްވެސް ވަރަކަށް ގުޅުމެއް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި ދައުވާ ކުރަނީ މަސައްކަތައް ހުރަސް އަޅާ ސިޔާސީ ހަޔާތް ދުއްވާލުމަށް ކަމަށެވެ.

 

https://twitter.com/Mohamedshaheem1/status/1202109117147602946

އަފްރާޝީމް އަލީ އަވަހާރަކޮށްލިއިރު އޭރު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވީ ޝަހީމްއެވެ. ރިޔާސީ ކޮމިޝަނަށް ޝަހީމް ދެއްވި ބަޔާނުގައި ޑރ އަފްރާޝީމް އަވަހާރަކޮށްލި ރޭ ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގަތުމަށް އެދިލެއްވީ އަފްރާޝީމް އަމިއްލަފުޅަށް ކަމަށް ވަނީ ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ލިބިފައިވާ އެ ދެބޭފުޅުންގެ މެސެޖުތަކުން އިނގޭގޮތުގައި ބޭފުޅުންގެ ޓެކްސްޓް އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ.

އެ މެސެޖުތަކަށް ރިއާޔަތްކޮށް ކޮމިޝަނުން ވަނީ ޝަހީމް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޝަހީމް ވަނީ ކޮމިޝަނަށް ދީފައިވަނީ ތެދު މައުލޫމާތުކަމަށް ތަކުރާރުކޯށް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ.

ޑރ. ޝަހީމްއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންގެ ރަނިން މޭޓެވެ. އެ ދުވަސްވަރު ސިޔާސި ހަރަކާތްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވުމަށްފަހު އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތުމަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރު ކަމުގެ މަޤާމުގައެވެ. މީގެ އިތުރުން ޑރ. ޝަހީމް އަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިސްލާމީ ޝަހުސިއްޔަތު ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: