ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުގެ ރައީސަކަށް ކުރިމަތިލި އިކްރާމް އިންތިހާބު ބޮއިކޮޓްކޮށް ނަން އަނބުރާ ގެންގޮސްފި

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝިފާން އަދި އިކްރާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީއަށް ރައީސަކު ހޮވުމަށް މި މަހުގެ 31 ގައި ބޭއްވުމަށް ނިންމާފައިވާ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްކަމަށްވާ ޑރ. އިކްރާމް އަބްދުއްސައްތާރު ނިންމަވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް ހުޅުވާލުމުން، ނަން ހުށަހަޅުއްވާފައި ވަނީ ދެ ބޭފުޅުންނެވެ. އެއީ އިކްރާމްއާއި، ޕާޓީގެ ނައިބު ރައީސްކަމުގައި މިހާރު ހުންނެވި ޝައިހް މުހައްމަދު ޝިފާނެވެ.

އިކްރާމް ވަނީ މީގެ ކުރިން ވެސް އިންތިހާބުގެ ގިނަ ކަންބޮޑުވުންތައް ހިއްސާކޮށް، އެކަން އިލެކްޝަންސް ކޮމިޝަނާއި ޕާޓީއަށް ވެސް ހުށަހަޅާފަ އެވެ.

އިންތިހާބުގައި އީ ވޯޓިން ނިޒާމު ބޭނުން ކުރުމަށް ނިންމާފައި ވާތީ، އެކަމަށް ދެކޮޅު ހައްދަވައި އިކްރާމް ވިދާޅުވެފައި ވަނީ މިއީ ވޯޓު އޮޅުވާލައި މަކަރު ހެދުމަށް ލީޑާޝިޕަށް ލިބޭ ފުރުސަތެއް ކަމަށެވެ. އެހެންވެ އީސީއަށް ފޮނުވާފައިވާ ސިޓީގައި އިކްރާމް އެދުނީ، އިންތިހާބު ކުރިޔަށް ގެންދަނީ އުސޫލުތަކާއި ހިލާފަށްކަމަށް ވާތީ ވޯޓުލުން ހުއްޓުވައިދިނުމަށެވެ.

ނަން އަނބުރާ ގެންދަވައި ޕާޓީއަށް ފޮނުވި ސިޓީއެއްގައި އިކްރާމް ވިދާޅުވެފައި ވަނީ، އިންތިހާބާއި ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ހުރިހާކަމަކީ ވެސް ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އަމަލުކުރާ ޑިމޮކްރަސީގެ ހަމަތަކާއި ދެފުށްފެންނަ އަދުލު އިންސާފުގެ އުސޫލުތަކާއި ވެސް ހިލާފަށް ހުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ހިނގާކަމެއް ކަމަށެވެ.

ތަކުރާރުކޮށް އެދުމުން ވެސް އީ ވޯޓިންގެ ބަދަލުގައި، ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޕާޓީން ދެކޮޅު ހަދާފައިވާކަމަށް އިކްރާމް ވިދާޅުވި އެވެ.

މީގެއިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން، ވޯޓުލެވޭ މެމްބަރުންގެ ލިސްޓު ދިނުމަށް އެދުމުން އެއީ ޒާތީ މައުލޫމާތުތައްކަމަށް ބުނެ ލިސްޓު ދޭން ދެކޮޅު ހަދާފައިވާކަމަށެވެ. އިކްރާމް އެދިފައި ވަނީ ޕާޓީގެ މެމްބަރުންގެ ފޯނު ނަމްބަރާއި އެކު އޮތް ލިސްޓެއް ހިއްސާކޮށްދިނުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: