ޖަލަކީ އަލްގައިދާއަށް މީހުން ރެކްރޫޓް ކުރާ ކިއްލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ހުންނަވާ ޖަލުގައި ހުރި ނުރަނގަޅު ކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވަނީ ޖަލުތަކުގެ މާހައުލު ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑަށް އެތަނުގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭ. އިތުރު މާހިރެއް އެވާހަކަ ކިޔާދޭކަށް ބޭނުމެއް ނުވޭ. އެއީ އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ އެތަނުގައި“
ރައީސް ނަޝީދު މި މޭރުމުން ވާހަކަދެއްކެވީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުންދާ ގިނަ އަދަދެއްގެ ގައިދީން އެމަނިކުފާނަށް ފޮނުވާފައިވާ ސިޓީތަކެއް ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމިޓީއެއް ފޮނުވުމުން ފާހަގަކުރެވުނު ކަންތައްތައް ފާހަގަކުރައްވާ ފޮނުއްވި ސިޓީއާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ.
އެ ސިޓީގައި، ރާއްޖޭގެ ޕެރޯލް ބޯޑު އެކަށީގެންވާގޮތުގައި މަސައްކަތް ނުކުރާކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން މިހާރުވެސް، ޕެރޯލް ނުލިބިގެން ތިބި 200އަށް ވުރެ ގިނަ ފަރާތްތައް އެބަ ތިބިކަމަށާ، ޕެރޯލްއަށް އެދެން ޖެހެނީ އަމިއްލައަށް ކަމަށްވާއިރު، ޕެރޯލް ހައްގުވާކަން ޔަޤީންކުރަން ދަތިކަމަށް ބުނެފައެވެ.
އެހެންކަމުން ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އިތުރަށް ފުރިހަމަވާން ޖެހޭ ކަމަށް އެ ސިޓީގައި ވެއެވެ. އެ ސިޓީގައި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 121 ވަނަ މާއްދާ އިސްލާހުކޮށް ބޯޑު ބަދަލުކރުަން ބަދަލުކުރަން ލަފާދީފައިވެއެވެ.
މީގެ އިތުރުން އެ ޤާނޫނުގެ 123 މަާއްދާ އިސްލާހުކޮށް އާންމު އުސޫލަށް ބަދަލުގެނެސް، ބޯޑު މެމްބަރުންގެ ހާޒިރީ އަހަރީ ރިޕޯޓާއި އެކު އާންމުކުރަން ލާޒިމްކުރަން ލަފާދީފައިވެއެވެ. އަދި އެ ބޯޑުގެ މަސައްކަތް ރިޕޯޓްކުރާނެ ފަރާތެއް ކަނޑައަޅަންވެސް ލަފާދީފައިވެއެވެ.
އެ ސިޓީގައި ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ކުރިއަށް ގެންދަން އުނދަނގޫކަން ފާހަގަކޮށްފައިވެއެވެ.
މިހާރުވެސް ކްލެމެންސީ ބޯޑަށް 600އަށްވުރެ ގިނަމައްސަލަ ހުށަހަޅާފައިވާ އިރު ދިރާސާކުރަން ތިބީ 2 މުވައްޒަފުންކަމަށް އެ ސީޓީގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އިޖްތިމާއީ ފަރުވާ އާއި ތަހުލީލީ ފަރުވާ އާއި ރުޖޫއީ އިންސާފު ޤާއިމްކުރެވޭނެ ގޮތް ފަހިކޮށްދޭން ޖެހޭ ކަމަށް އެ ސިޓީގައިވެއެވެ.
ހަަަމައެހެންމެ ޝަރުޢީ ދާއިރާއިން ބޭރުން އިސްލާހުވުމުގެ ފުރުސަތު ހޯދާ ދިނުމަށާއި،އެފަދަ ޕްރޮގްރާމްތައް ހޯމް މިނިސްޓްރީން ހިންގާނެ ނިޒާމެއް ކަނޑައަޅާ، ޕްރޮސެކިއުޓަރ ޖެނެރަލް ޕްލީ ގެއިނިން ނިޒާމް އިފްތިތާހުކުރައްވަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ހިއުމަން ރައިޓްސް ކޮމިޓީން ދިރާސާކުރުމަށް އެދިވަޑައިގެން އެ ސިޓީ އެ ކޮމިޓީތަކަށް މަޖިލީހުގެ ރިޔާސަތުން ވަނީ ފޮނުއްވާފައެވެ.


One Response
ޚަބަރު ކިޔާ ނިމުނު އިރުވެސް އަލްގައިދާ އާއި އޮތް ގުޅުމެއް ނުދެއްކުނު. މި ރައީސް ހަމަ ހިތައް އަރާހާ ވާހަކައެއް ދައްކަންވީ