ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނު މެމްބަރުން އެނގޭ، ތަހުގީގު ކުރަނީއޭ ފުލުހުންނަށްވެސް ނުބުނެވޭނެ: ރައީސް ނަޝިދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ މެމްބަރުން އެނގޭ ކަމަށާ، އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުންނަށްވެސް ބުނެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މެމްބަރުން މަޖިލީހުން ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށާ، އެ މަސައްކަތްވީ ކިހިނެއްތޯ މެމްބަރަކު މަޖިލީހުގައި ވާހަކަދައްކަވަމުން ސުވާލުކުރެއްވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނު ލިބުނު ކަމަށެވެ. އެ މައުލޫމާތު އެނަލައިޒް ކުރި ކަމަށާ، އެކަން ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަންގެ ސަމާލުކަމަށް ގެނައިކަމަށެވެ. އަދި އެ ހުރިހާ އެންމެންނަށް ދައުވާ ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މެމްބަރުންގެ ތެރެއިން ބަޔަކު އެ ފައިސާގައި ޖެހުނު އިރު އެއީ ކޮންބައެއްކަން ސާފު ނުވާނަމަ އެ ތުހުމަތު ރައްދު ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއވެެ.

“ އެ ފައިސާގައި ޖެހުނު ފަރާތްތައް ވަރަށް ސާފުކޮށް، ފުލުހުންނަށާއި އެޓާނީ ޖެނެރަލް އޮފީހާއި އަދި ރިޔާސީ ކޮމިޝަނަށް ވެސް އެނގޭނެ. ފުލުހުންނަށްވެސް އަދި އެހެންބަޔަކަށްވެސް ނުބުނެވޭނެ މި މައްސަލަ ތަހުގީގުކުރަނީއޭ. އެަށްވުރެ ރަނގަޅަށް އެ ވާހަކަ އެނގޭ މީހެއް މި ވާހަކަ މި ދައްކަނީ“

ރައީސް ނަޝީދު ވިދާޅުވީ، އަދީބާ މުއާމަލާތް ކުރި މެމްބަރުންނާއި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތުތައް އެނގޭކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ މެމްބަރުންނަށް ލިބުނުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބްދުލް ޤައްޔޫމްވެސް ވިދާޅުވިއެވެ. އަދި ތުންތުން މަތިން އެކި މެމްބަރުންނަށް މި މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނުނަމަވެސް މި މައްސަލައިގައި ކަމާއި ބެހޭ ފަރާތްތަކުން އެއްވެސް ފަރާތެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: