ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ގައުމު ސަލާމަތް ކުރެވޭނީ، ޕީޕީއެމަށް ކައުންސިލްތައް ދީގެން: ޑރ. މުއިއްޒު

މި ގައުމު ސަލާމަތް ކުރެވޭނީ، ޕީޕީއެމަށް ކައުންސިލް ދީގެން: ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަކީ ސަރުކާރު، ޒިންމާދާރު ކުރުމަށް ލިބޭނެ ހަމައެކަނި ފުރުސަތުގެ ގޮތުގައި ކަނޑައަޅާ، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހުރިހާ ދާއިރާއަކަށް ވެސް ވާދަ ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ހުރިހާ ދާއިރައަކަށް ވެސް ވާދަ ކުރުމަށް ނިންމާފައިވަނީ ދެ ޕާޓީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް، ކައުންސިލް އިންތިހާބުގައި ވާދަކުރާނީ ޕީޕީއެމް ތަމްސީލުކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ މުއިއްޒު ވިދާޅުވީ، ޕްރައިމެރީގައި ވާދަ ކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. މުއިއްޒު ވަނީ، ޕްރައިމެރީގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީގެ މައި އޮފީސް ހ. ހުރަފާއިންނާއި ރަށްތަކުގެ ޕާޓީގެ ގޮފިތައް މެދުވެރިކޮށް ފޯމު ލިބޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ބައްޔަށްފަހު ކުރިމަތިލީ މަޖިލީސް އިންތިހާބުގައި ޕްރައިމެރީއަކާއި ނުލާ، ޓިކެޓުދީފައިވާތީ މިފަހަރުވެސް އެފަދަ ކަމެއް ތަކުރާރުވެދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ޕްރައިމެރީ ބާއްވަންޖެހޭ ހުރިހާ ދާއިރާއަކަށް ޕާޓީއިން ޕަރައިމެރީ ބާއްވާނެ ކަމަށެވެ. އެގޮތުން، ޕްރައިމެރީ ބާއްވަންޖެހޭ ދާއިރާތަކަށް އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާނެކަން އޭނާ ވަނީ ފާހަގަކޮށްފައިވެއެވެ. އަދި މި ޕްރައިމަރީގައި ވޯޓު ލެވޭނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށްކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

”އަޅުގަނޑުމެންނަށް ލިބޭނެ ހަމައެކަނި ފުރުސަތު. ހަމައެކަނި ރަނުގެ ފުރުސަތަކީއެއް ނޫން. ހަމައެކަނި ފުރުސަތު. މި ފުރުސަތުގައި އަޅުގަނޑުމެން އެބަޖެހޭ ވަރުގަދަ ޓީމެއް ނެރެން. އެ ޓީމު ނެރެގެން އަޅުގަނޑުމެންގެ މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން. މި ފަހަރު އަޅުގަނޑުމެން މި މަސައްކަތް ގައުމީ މަސައްކަތެއްގެ ގޮތުގައި ނުކޮށްފިނަމަ ގެއްލިގެން ދަނީ ތަރައްގީ ކުރުމުގެ ފުރުސަތު އެކަންޏެއް ނޫން. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ދާނެ. އަޅުގަނޑުމެންގެ އިސްލާމްދީނަށް މިހާރު ދިމާވެގެން މިދާ ގޮންޖެހުންތައް އެތައް ގުނައަކަށް އިތުރުވެ، މިތަނުގަ އަޅުގަނޑުމެން ބޭނުންވާ އެތައް ކަމެއް ފެނިގެންދާނެ.“ މުއިއްޒު

މުއިއްޒު ވަނީ، ޕީޕީއެމް ޕީއެންސީގެ ހުރިހާ މެމްބަރުންނަށް މި ”ގައުމީ“ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ. މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަން ގެއްލި، ގައުމުގެ ތަރައްގީ ފަހަތަށް ޖެހެން އެއްވެސް ރައްޔިތެއް ބޭނުމެއް ނުވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ގައުމެއްގެ މުހިންމުކަން، ގައުމާއި ދޭތެރޭ ވިސްނާ ކޮންމެ ރައްޔިތަކަށް ވެސް ވިސްނޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އިދިކޮޅުން މަސައްކަތް ކުރަނީ ޒިންމާދާރު ކަމާއި އެކު ކަމަށެވެ. ވޯޓު ދޭންވީ ވަކި އާއިލާ މީހަކަށް ނޫން ކަމަށާއި ވޯޓު ދޭންވީ ޕީޕީއެމްއިން ނިކުންނަނީ ގައުމަށްޓަކައި ކަން ގަބޫލުކޮށް ޕީޕީއެމްއަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: